އެމްޕީ ކަޕް ފަށައިފި. ފުރަތަމަ މެޗު ހިރިލަންދޫއަށް

ކިޔުމަށް ހޭދަވާނީ 45ސ
އެމްޕީ ކަޕް ފަށައިފި. ފުރަތަމަ މެޗު ހިރިލަންދޫއަށް

މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު ބާއްވަމުން އަންނަ 'އެމްޕީ ކަޕް' މިއަދު ހަވީރު ފަށައިފިއެވެ.

މުބާރާތް ހުޅުވުމުވުގެގޮތުން ކުޅުނު މެޗުގައި ބައްދަލުކުރީ އޮމަދޫ އާބައްދަލުކޮށް 3 ލަނޑު 2 ލަނޑުންނެވެ.

ފޯރިގަދަ ކުޅުމެއް ކުޅުނު މެޗުގައި ހިރިލަންދޫގެ މޫސާ ފަޔާޒު 2 ލަނޑު އަދި ރިފްޝާ ވަނީ 1 ލަނޑު ޖަހާފައެވެ. އޮމަދޫއިން ލަނޑު ޖަހާފައިވަނީ އަޙްމަދު އާސިފް އާއި އިބްރާހިމް ޒުހުރީއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހިރިލަންދޫއަށް 2 ގޯލު ކާމިޔާބުކޮށްދިން ޖާރޒީ ނަމްބަރ 7 މޫސަ ފަޔާޒްއެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކިނބިދޫ އާއި އޮމަދޫއެވެ.

މިއަދުގެ މެޗުގައި ޚާއްޞަ މެހްމާނެއްގެ ގޮތުގައި ޑރ. އަޙްމަދު ރިޔާޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ބޭންޑު 'ހަބޭސް' އިން ވަނީ ކުލަގަދަ ހަރަކާތްތަކެއްވެސް ދައްކާލަފައެވެ.

މިއަދު އޮންލައިން