100 އެމްބީޕީއެސް އާއިހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ރ. ދުވާފަރަށް ތައާރަފްކޮށްފިއެވެ.
އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވީ "މުޖުތަމައުއަށް އިޤްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނައުމުގައި، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްމުހިންމު ދައުރެއް އަދާކުރޭ. މިގޮތުން،އުރީދޫގެ މުހިއްމު އެއް އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ހެޔޮ އަގެއްގައި ފޯރުކޮށްދިނުން. މިއަދު، ދުވާފަރަށްއުރީދޫ ސުޕަރނެޓް ތައާރަފްކޮށް،ރަށުގެ ރައްޔިތުންނަށް މި ފުރުސަތު ހުޅުވާލެވިގެން ދިއުމަކީއަޅުގަނޑުމެންނަށް ލިބިގެންދިޔަ ނުހަނު ބޮޑު އުފަލެއް." ކަމަށެވެ.
މުޅި ރާއްޖެއަށް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ތަޢާރަފްކުރުމަށް އުރީދޫ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި އުފާވެރި ލަނޑުދަނޑި ހާސިލްވުމުގެ މުނާސަބަތުގައި، އެކުންފުނިން ވަނީ 31 ޑިސެމްބަރ 2018 ގެ ކުރިން ސުޕަރނެޓް ޚިޔާރު ކުރަށްވާ ދުވާފަރުގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފަރއެއް ތައާރަފް ކޮށްފައެވެ. ހަމައެހެންމެ ދުވާފަރު ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫ އިން ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީ އެއް ނުހިމެނުމަށްވަނީ ހަމަޖައްސާފައެވެ.
2 އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި، ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެއެވެ. ހަމައެހެންމެ މި ޕެކޭޖުތައް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒް ކުރެވިފައެވެ.
މި ޚިދުމަތާއި އެކު، ދުވާފަރުގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ އެވެ. ސުޕަރނެޓްގެ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފައެވެ.
ދުވާފަރުގައި ސުޕަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް، އުރީދޫގެ އިންފްރާސްޓްރަކްޗަރ ޕާޓްނަރަކީ ސެޓްލިންކް ޕްރައިވެޓް ލިމިޓެޑް އެވެ.