އެމްޕީ ކަޕް 2018 ގެ ތިންވަނަ ވަންދޫ އިން ކާމިޔާބުކޮށްފިއެވެ.
އެޓީމުން މި މެޗު ކާމިޔާބުކުރީ އޮމަދޫ އާބައްދަލުކޮށް 2 ލަނޑު 1 ލަނޑުން ނެވެ. މި މެޗުގައި ވަންދޫގެ 2 ލަނޑުވެސް ޖެހީ އަޙްމަދު ޝަބީންއެވެ.
މި މެޗުގެ މޭން އޮފް ދަ މެޗުގެ ހޯދީ ވަންދޫ ޓީމުގައި މޮޅު ކުޅުމެއް މިއަދު ދެއްކި ޝިރްހާން އަހްމަދެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކިނބިދޫ އާއި ހިރިލަންދޫ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މި މުބާރާތަކީ އެދާއިރާގެ ރަށްތަކަށް އަމާޒުކޮށްގެން މުބާރާތެކެވެ.