ކ. ގުރައިދޫގައި މިހާރު ކުރިއަށްދާ ' ތުއްތޮންބެ ކަޕް 2018 ' ގައި އިއްޔެ ކުޅުނު މެޗު ހަޓް ސިޓީން ކާމިޔާބުކުރި އިރު، މިއަދުގެ މެޗު ކުޑަސިޓީން ކާމިޔާބުކޮށްފިއެވެ.
މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗު ހަޓް ސިޓީން ކާމިޔާބުކުރީ ބީޑަބްލިއުބީ އާވާދަކޮށް 4 ލަނޑު 3 ލަނޑުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބީޑަބްލިއިބީ ގެ ޖާރޒީ ނަމްބަރ 8 އަޙްމަދު ހަމީދެވެ.
ތުއްތޮންބެ ކަޕް 2018 ގައި މިއަދު ހަވީރު ބައްދަލުކުރީ ކުޑަސިޓީ އާއި ސިކްސް އެކްސް އެފްސީ އެވެ. މި މެޗު 3 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ ކުޑަސިޓީއެވެ.
މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމު ހޯދީ ކުޑަސިޓީގެ ޖާރޒީ ނަމްބަރު 2 ޙުސައިން ނިހާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އެރަށުގެ ޒުވާނުންނަށް ޚާއްޞަކޮށްގެން ބާއްވާ މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ ބީޑަބްލިއުބީ އާއި އޯލް އެޓޭކް އެފްސީއެވެ. މެޗު ފަށާނީ ހަވީރު 15:45ގައެވެ.