ބ. ދޮންފަނުގައި މި މަހުގެ 17 އާހަމައަށް ކުރިއަށްދާ ' ދޮންފަނު އިންވިޓޭޝަން ކަޕް" ގައި މިއަދު ކުޅުނު މެޗުގައި ކުޑަރިކިލުން ދަރަވަންދޫ ބަލިކޮށްފިއެވެ.
މި މުބާރާތުގައި އަލަށް ވާދަކުރި ކުޑަރިކިލާއި ވާދަކޮށް ދަރަވަންދޫ ބަލިވެފައިވަނީ 3 ލަނޑު 2 ލަނޑުންނެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް ކުޑަރިކިލުންނެވެ. މިލަނޑު 13 ވަނަ މިނެޓުގައި ޖެހީ އަރީން އަހްމަދު ނާސިރެވެ. އެހެންނަމަވެސް 34 މިނިޓުގައި ދަރަވަންދޫގެ ނާޖިހު އަންވަރު ވަނީ ލަނޑެއްޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ.
ނަމަވެސް މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ހުސައިން ހަންނާނު ވަނީ ކުޑަރިކިލަށް ދެވަނަ ފަހަރަށް ކުރި ހޯދައިދީފައެވެ.
ދެވަނަ ހާފު ފަށައިގެން މާގިނަ އިރެއް ނުވެ، ރަބީއު އަހުމަދު ވަނީ ކުޑަރިކިލަށް ލީޑު ފުޅާކޮށްދީފައެވެ.
ދަރަވަންދޫގެ ދެވަނަ ގޯލް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ހުސެއިން ނަވާފް އެވެ.
މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ދޮންފަނާއި ކަމަދޫ އެވެ.
މިއހަރުގެ މުބާރާތުގައި އެ އަތޮޅުގެ ދޮންފަން، މާޅޮސް، ކަމަދޫ، ދަރަވަންދޫ، އޭދަފުށި، ކުޑަރިކިލު، ކިހާދޫ އަދި ގޮއިދޫ ވަނީ ބައިވެރިވެފައެވެ.