މާލެއަތޮޅު ގުރައިދޫގައި މިހާރު ކުރިއަށްދާ ތުއްތޮންބެ ކަޕްގެ މިއަދުގެ މެޗު އޯލް އެޓޭކުން ކާމިޔާބުކޮށްފިއެވެ.
އެ ޓީމުން މި މެޗު ކާމިޔާބުކުރީ ބޯޑަބްލިއުބީ އާއެކު މިއަދު ހަވީރު ކުޅުނު މެޗުގައި ވާދަވެރި ކުރިމަތިލުމަކަށްފަހު އެވެ. މި މެޗު އެޓީމުން ކާމިޔާބު ކުރީ 4 ލަނޑު 3 ލަނޑުންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އޯލްއެޓޭކުގެ ޖާރޒީ ނަމްބަރު 3 ޖުމައިލް ޖަމީލްއެވެ.
ގުރައިދޫ ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ސިކްސް އެކްސް އާއި ޗެލެންޖަރސް އެފްސީ އެވެ. މެޗު ފަށާނީ 15:45ގައެވެ.