ވާވޭ މޭޓް 20 އަދި ވާވޭ މޭޓް 20 ޕްރޯގެ ފޯނުތައް ދިރާގުން ވިއްކަން ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 24ސ
ވާވޭ މޭޓް 20 އަދި ވާވޭ މޭޓް 20 ޕްރޯގެ ފޯނުތައް ދިރާގުން ވިއްކަން ފަށައިފި

ވާވޭއިން އަލަށް ތައާރަފްކުރި ވާވޭ މޭޓް 20 އަދި މޭޓް 20 ޕްރޯގެ ފޯނުތައް ދިރާގުން މިރޭ ވިއްކަން ފަށައިފިއެވެ.

 

ކުލަގަދަ ރަސްމިއްޔާތަކާއެކު ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި މިރަސްމިއްޔާތުގައި، ވާވޭގެ ދެ ފޯނު ތައާރަފް ކޮށްދެއްވީ ދިރާގުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ޑިރެކްޓާރ މުޙައްމަދު މުސާދް އެވެ. އަދި ފޯނުގެ ޕްރީއޯޑަރ ކުރި ފަރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ފޯނު ގަތް ކަސްޓަމަރަކީ އިބްރާހިމް ޙަސަން އެވެ.

       

 

ދިރާގުން މިރެއިން ފެށިގެން ވިއްކަން ފެށި ވާވޭ މޭޓް 20 ގެ 128 ޖީބީގެ އަގަކީ 10،999 ރުފިޔާއެވެ. އަދި ވާވޭ މޭޓް ޕްރޯގެ 128 ޖީބީ ވިއްކަނީ 15،999 ރުފިޔާއަށެވެ.

 

ދިރާގުން މައުލޫމާތު ދީފައިވާ ގޮތުގައި އިންސްޓޯލްމަންޓަށް ފޯނު ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ވާވޭ މޭޓް 20 ގެ އެޑްވާންސް ޕޭމަންޓަށް 2،999 ރުފިޔާ ދައްކަން ޖެހެއެވެ. އެއިރުން މަހަކު ދައްކަން ޖެހެނީ 988 ރުފިޔާއެވެ. ވާވޭ މޭޓް 20 ޕްރޯ ވެސް ލިބެނީ އެޑްވާންސަށް 2،999 ރުފިޔާ ދެއްކުމަށްފަހު މަހަކު 1،148 ރުފިޔާ ދައްކާ ގޮތަށެވެ.

 

ވާވޭ މޭޓް 20 އަދި މޭޓް 20 ޕްރޯ ފޯނު ދިރާގުން ގަންނަ ކަސްޓަމަރުންނަށް ހަ މަސް ވަންދެން ހިލޭ ފަސް ޖީބީ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. މީގެއިތުރުން މި ވާވޭ މޭޓް 20 ފޯނު ގަންނަ ފަރާތްތަކަށް ސްމާޓް ފްލިޕް ފޯނު ކަވަރެއް ލިބޭނެ ކަމަށާއި ވާވޭ މޭޓް 20 ޕްރޯ ގަންނަ ފަރާތްތަކަށް ފޯނާއިއެކު ސްމާޓް ފްލިޕް ކަވަރަކާއި ވަޔަރލެސް ޗާޖަރެއްވެސް ލިބޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.

މިއަދު އޮންލައިން