އިންޓަނެޓް އަގުހެޔޮ ކުރުމަށް މަސައްކަތް ކުރަނީ

ކިޔުމަށް ހޭދަވާނީ 1މ 21ސ
އިންޓަނެޓް އަގުހެޔޮ ކުރުމަށް މަސައްކަތް ކުރަނީ

އިންޓަނެޓުގެ އަގު ހެޔޮކުރުމަށްޓަކައި ކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާކުރައްވަމުން ގެންދަވާކަމުގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

 

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަލީހު ވިދާޅުވީ، އިންޓަރނެޓްގެ އަގުބޮޑުވުމާއި މެދު ރައްޔިތުންގެ، ޚާއްސަކޮށް ޒުވާނުންގެ ކަންބޮޑުވުންތައް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އެމަނިކުފާނު ވަޒީރުކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ ވެސް މުވާޞަލާތީ ޚިދުމަތްދޭ ކުންފުނިތަކުގެ އިސްބޭފުޅުންނާއި ކަމަށެވެ.

 

މިނިސްޓަރ މަލީހު ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު މައްސަލައަކަށްވެފައި އޮތީ މުޅި އާބާދީއަށް ބްރޯޑް ބޭންޑް އިންޓަރނެޓު ނުލިބުން ކަމަށާއި އެހެން ނަމަވެސް މިހާރު، މުޅިރާއްޖެއަށް އެޚިދުމަތް ފުޅާ ކުރެއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

 

"ދުނިޔެ ތަރައްޤީވަމުން އަންނަ ވަރަކަށް އަދި އެޑްވާންސް ޓްކެނޮލޮޖީ ތަޢާރަފްވާ ވަރަަކަށް، އިންޓަރނެޓްގެ އަގަކީ، އެބޭފުޅުންގެ (މުވާސަލާތީ ކުނފުނިތަކުގެ) އިންވެސްޓްމެންޓް ބޮޑުވި ކަމުގައި ވިޔަސް އިންޓަނެޓްގެ އަގު މިއިންނަނީ ތިރިވާ އުސޫލެއްގެ ތެރެއިންނޭ. މިއޮތްހާ ދުވަހު ރާއްޖެއަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ހުރިހާ ގޭބިސީތަކަކަށް ހުރިހާ ކަންކޮޅު ތަކަކަށް، އިންޓަރނެޓް ނުލިބުން. " މިނިސްޓަރ މަލީހު ވިދާޅުވިއެވެ.

މިއަދު އޮންލައިން