ހަސަން ޝަހީލްގެ ހެޓްރިކްއާއެކު އެންމެފަހުގެ ޗެމްޕިއަން ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ވަންދޫއަށް..

ކިޔުމަށް ހޭދަވާނީ 55ސ
ހަސަން ޝަހީލްގެ ހެޓްރިކްއާއެކު އެންމެފަހުގެ ޗެމްޕިއަން ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ވަންދޫއަށް..

ތ. ކިނބިދޫގައި ކުރިއަށްދާ 'އެމްޕީ ކަޕް 2018' ގެ ފައިނަލުގެ ފުރަތަމަ ޖާގައަށް ވަންދޫ ދަތުރުކޮށްފިއެވެ.

 

އެޓީމު ފައިނަލުގެ ފުރަތަމަ ޖާގައަށް ދަތުރުކުރީ މިއަދު ހަވީރު ކުޅުނު މެޗުގައި އެންމެފަހުގެ ޗެމްޕިއަން ކިނބިދޫ އާވާދަކޮށް 0-5 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.

 

ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ރިޔާޒް އިންތިޒާމު ކުރައްވައިގެން ކިނބިދޫ ދާއިރާގެ ޒުވާނުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ މިއަދުގެ މެޗުގައި ވަންދޫގެ ހަސަން ޝަހީލް ހެޓްރިކް ހެދިއިރު، މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމު ހޯދީވެސް އޭނާއެވެ. އެޓީމުގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު ޝިފާން އެވެ.

 

މި މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ސްޓޭޖުގެ 9 ވަނަ މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ އޮމަދޫ އާއި ކަނޑޫދޫ އެވެ.

 

މިއަދުގެ މެޗުން މޮޅުވެ ވަންދޫއަށް ވަނީ 9 ޕޮއިންޓު ލިބިފައިވާ އިރު، އެންމެފަހުގެ ޗެމްޕިއަން ކިނބިދޫ އާއި ހިރިލަންދޫއަށް ވަނީ 7 ޕޮއިންޓު ލިބިފައެވެ. އޮމަދޫ އާއި ކަނޑޫދުއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން