ފޯރިގަދަ ކުޅުމަކަށްފަހު، ޗެލެންޖަރސް އިން ކުޑަސިޓީ ބަލިކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 4ސ
ފޯރިގަދަ ކުޅުމަކަށްފަހު، ޗެލެންޖަރސް އިން ކުޑަސިޓީ ބަލިކޮށްފި

ތުއްތޮންބެ ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗު ފޯރިގަދަ ކުރިމަތިލުމަކަށްފަހު ޗެލްނެޖަރސް އެފްސީ ކާމިޔާބުކޮށްފިއެވެ.

 

ކ. ގުރައިދޫ ފުޓްބޯޅަ ދަނޑުގައި މިހާރުކުރިއަށްދާ މި މުބާރާތުގެ މިއަދުގެ މެޗު ޗެލެންޖަރސް އެފްސީ އިން ކާމިޔާބުކުރީ ކުޑަސިޓީ އެފްސީއާ ވާދަކޮށް 2 ލަނޑު 1 ލަނޑުންނެވެ.

 

ދެޓީމުގެ ސަޕޯޓަރުން ދަނޑުބޭރުން ދެމުންދިޔަ ހިތްވަރާއެކު މިއަދުގެ މެޗުގައި ފެނިގެންދިޔައީ ވަރަށްވެސް ވާދަވެރި އެޓޭކިންގ ކުޅުމެކެވެ.

 

މި މެޗުގެ މޮޅުކުޅުންތެރިޔާއަކީ ޗެލެންޖަރސް އެފްސީގައި މޮޅުކުޅުމެއް ދެއްކި ޖާރޒީ ނަމްބަރު 3 އަޙްމަދު ނޫމާން (ހެލްމެޓް) އެވެ.

 

މާދަމާގެ މެޗުގައި ހަވީރު 15:45ގައި ބައްދަލުކުރާނީ ހަޓް އެފްސީ އާއި އޯލް އެޓޭކް އެފްސީއެވެ.

 

މި މުބާރާތަކީ ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އަލް އުސްތާޛު އިބްރާހިމް ރިޒާ އެރަށުގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައިގެ ހުނަރު އިތުރުކުރުވާ، މުބާރާތްތަކުގައި ވާދަކޮށް، ވާދަވެރި މެޗުތަކަށް ހޭނުވުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ.

 

މި އަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ބީޑަބްލިއުބީ، ކުޑަސިޓީ އެފްސީ، ހަޓް އެފްސީ، ސިކްސް އެކްސް، އޯލް އެޓޭކް އެފްސީ އަދި ޗެލެންޖަރސް އެފްސީއެވެ.

މިއަދު އޮންލައިން