ތާޖް މަހަލަށް ވަނުމުގެ ޓިކެޓްގެ އަގު އިންޑިއާ މީހުންނަށް މަތިކުރުމުން ވެސް ވަދޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 30ސ
ތާޖް މަހަލަށް ވަނުމުގެ ޓިކެޓްގެ އަގު އިންޑިއާ މީހުންނަށް މަތިކުރުމުން ވެސް ވަދޭ!

ތާޖް މަހަލަށް ވަނުމުގެ ޓިކެޓްގެ އަގު އިންޑިއާ މީހުންނަށް 400% މަތިކުރުމުން ވެސް މީހުން ގެންދަނީ ޒިޔާރަތް ކުރަމުންނެވެ. ތާޖް މަހަލަށް އިންޑިއާ މީހަކަށް މިހާރު ވަދެވެނީ 250 ރުޕީސްއަށް ޓިކެޓެއް ގަނެގެންނެވެ. ކުރިން 50 ރުފިޔާއަށް ލިބެއެވެ.

 

އެ ސަރަހަދުގެ ރަނގަޅު ފެންވަރު ރެސްޓޯރަންޓަކުން ކެއުމެއް 150 ރުޕީސްއަށް ލިބޭއިރު ތާޖަ މަހަލް ބަލައިލަން މިހާ ބޮޑު އަގެއް ނަގާތީ ގިނަ ބައަކު ކަންބޮޑުވެއެވެ.

 

ތާޖް މަހަލަށް ވަންނަ ބިދޭސީންނަށްވެސް ޓިކެޓުގެ އަގު މިހާރު ވަނީ 16 ޑޮލަރުން 19 ޑޮލަރަށް ބޮޑުކޮށްފައެވެ. 19 ޑޮލަރަކީ ގާތްގަނޑަކަށް 1350 ރުޕީސް އެވެ.

މިއަދު އޮންލައިން