ތަފާތު ބޮޑު ނަތީޖާއަކުން ބީޑަބްލިއުބީގެ މައްޗަށް ޗެލެންޖަރސް ކުރިހޯދައިފި

ކިޔުމަށް ހޭދަވާނީ 54ސ
ތަފާތު ބޮޑު ނަތީޖާއަކުން ބީޑަބްލިއުބީގެ މައްޗަށް ޗެލެންޖަރސް ކުރިހޯދައިފި

ކ. ގުރައިދޫގައި މިހާރު ކުރިއަށްދާ ތުއްތޮންބެ ކަޕްގައި ތަފާތުބޮޑު ނަތީޖާއަކުން ބީޑަބްލިއުބީގެ މައްޗަށް ޗެލެންޖަރސް ކުރިހޯދައިފިއެވެ.

 

މި މެޗު އެޓީމުން ކާމިޔާބު ކުރީ 14 ލަނޑު 1 ލަނޑުންނެވެ. މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އަޙްމަދު ނޫމާން (ހެލްމެޓް) އެވެ.

 

މި މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ ސިކްސް އެކްސް އާއި އޯލް އެޓޭކް އެފްސީއެވެ. މެޗު ފަށާނީ 15:45ގައެވެ.

 

މި މަހުގެ 20 ވަނަ ދުވަހު ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި މި އަހަރު ވަނީ 6 ޓީމެއް ބައިވެރިވެފައެވެ. އެއީ ބީޑަބްލިއުބީ، ކުޑަސިޓީ އެފްސީ، ހަޓް އެފްސީ، ސިކްސް އެކްސް، އޯލް އެޓޭކް އެފްސީ އަދި ޗެލެންޖަރސް އެފްސީއެވެ.

 

މި މުބާރާތަކީ ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އަލް އުސްތާޛު އިބްރާހިމް ރިޒާ އެރަށުގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައިގެ ހުނަރު އިތުރުކުރުވާ، މުބާރާތްތަކުގައި ވާދަކޮށް، ވާދަވެރި މެޗުތަކަށް ހޭނުވުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަދު އޮންލައިން