ތުއްތޮންބެ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި، ސެމީފައިނަލުގެ ޖާގަތައް ޓީމުތަކުން ކަށަވަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 57ސ
ތުއްތޮންބެ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި، ސެމީފައިނަލުގެ ޖާގަތައް ޓީމުތަކުން ކަށަވަރު ކޮށްފި

ތުއްތޮންބެ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި، ސެމީފައިނަލުގެ ޖާގަތައް ޓީމުތަކުން ކަށަވަރުކޮށްފިއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އަލް އުސްތާޛު އިބްރާހިމް ރިޒާ ބާއްވަމުން އަންނަ މި މުބާރާތުގެ ސެމީފަނަލަށް ދަތުރުކުރި 4 ޓީމަކީ  ޗެލެންޖަރސް އެފްސީ އާއި އޯލް އެޓޭކް އެފްސީ އާއި ކުޑަސިޓީ އެފްސީ އަދި ސިކްސް އެކްސްއެވެ.

 

އަންނަ އާދީއްތަ ދުވަހު ކުޅޭ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޗެލެންޖަރސް އާއި ސިކްސް އެކްސް އެވެ. ދެވަނަ މެޗުގައި މިމަހުގެ ހޯމަ ދުވަހު ބައްދަލުކުރާނީ އޯލް އެޓޭކާއި ކުޑަސިޓީއެވެ.

 

މި  މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ  އޯލް އެޓޭކާއި ކުޑަސިޓީ އެވެ. މި މެޗު 0-1 ލަނޑުން ކާމިޔާބުކުރީ ކުޑަސިޓީއެވެ. މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމަށް ހޮވުނީ އޯލްއެޓޭކްގެ ޖާރޒީ ނަމްބަރު 14 އަޙްމަދު ޝުއޫންއެވެ.

 

މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 20 ވާ ބްރާސްފަތި ދުވަހުއެވެ.

މިއަދު އޮންލައިން