ބ. ދޮނަފަނު އިންވިޓޭޝަން ކަޕްގެ ފައިނަލުގައި އޭދަފުއްޓާއި ކިހާދޫ ބައްދަލުކުރަން ޖެހިއްޖެއެވެ.
ފައިނަލުގެ ފަހު ޖާގަ ކިހާދޫއިން ހޯދީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ދޮންފަނު ބަލިކޮށްފައެވެ. އިއްޔެ ކުޅުނު ސެމީގެ ފަހު މެޗު ކިހާދޫ އިން ކާމިޔާބުކުރީ 5-3 ންނެވެ.
މުބާރާތް ބާއްވާ ރަށް ދޮންފަނާއި ވާދަކުރި މި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 3-3 ން ދެޓީމު ވަނީ އެއްވަރުވެފައިވާތީ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ކިހާދޫގެ 5 ޕެނަލްޓީވެސް ކާމިޔާބުކުރި އިރު، ދޮންފަނަށް ކާމިޔާބު ކުރެވުނީ 4 ޕެނަލްޓީއެވެ.
މި މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ކިހާދޫ ޓީމުގެ އިބްރާހީމް އަފްޒަލް ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. އެކަމަކު މި މެޗުގައި މޮޅުކުޅުމެއް ދައްކަމުން އައި ދޮންފަނުގެ މުހައްމަދު ނަބީލް ވަނީ މެޗު 19 އަދި 32 ވަނަ މިނެޓުގައި 2 ލަނޑުޖަހާ އެޓީމަށް ލީޑު ނަގާފައެވެ.
ދެ ވަނަ ހާފުގައި 58 ވަނަ މިނެޓުގައި ޢަލީ ފަރުހާން ޖަހައިދިން ގޯލުން ދެޓީމުގެ ނަތީޖާ އެއްވަރުވި އިރު، 71 ވަނަ މިނެޓުގައި ދޮންފަނުން ވަނީ ލީޑު ނަގާފައެވެ. އެހެންނަމަވެސް 79 ވަނަ މިނެޓުގައި ހުނަރުވެރި ކުޅުންތެރިޔާ ހުސައިން އީމާން ޖަހައިދިން ލަނޑުން އަނެއްކާވެސް ނަތީޖާ އެއްވަރުވިއެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ލިބުނީ ދޮންފަނު ޓީމުގެ އަޙުމަދު އިފްހާމް އަށެވެ.
މި މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ހަވީރު އެވެ. މި މެޗުގައި ކިހާދޫ އާއި އޭދަފުއްޓެވެ.