ހޭންޑްބޯލް އެސޯސިއޭޝަންގެ ހިންގާކޮމެޓީ އާދައުރަކަށް އިންތިޚާބުކޮށްފިއެވެ.
މި ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އެ އެސޯސިއޭޝަންގެ ރައީސްގެ މަޤާމަށް ހޮވުނީ އަޙްމަދު އިސްމާޢީލް އެވެ. ނައިބު ރައީސްއަކަށް އަޙްމަދު މުޖުތަބާ ހޮވުނު އިރު، ޓްރެޜަރަރއަކަށް އިންތިޚާބުވީ ޢަބްދުﷲ ސަލީމްއެވެ.
މީގެ އިތުރުން ހިންގާކޮމެޓީގެ މެމްބަރުންނަށް ހޮވިފައިވަނީ މުޙައްމަދު ލަޠީފް، ޢަލީ ނަޞީރު، މުޙައްމަދު ޒަރީރު، މޫމިނާ އާދަމް އަދި މުޙައްމަދު ސުޖާޢު އެވެ.
ހޭންޑްބޯލް އެސޯސިއޭޝަނަކީ ރާއްޖޭގައި ހޭންޑްބޯލް ކުރިއަރުވާ، އަހުލުވެރިކުރުވުމަށް ގިނަ ހަރަކާތްތަކެއް ބާއްވަމުން އަންނަ ޖަމިއްޔާއެކެވެ. އަދި ތަފާތު ނަންނަމުގައި ހޭންޑްބޯލް މުބާރާތްތައް މާލެ އާއި އަތޮޅުތެރޭގައިވެސް އަންނަނީ ބާއްވަމުންނެވެ.