ޗައިނާގެ ނަންޖިން ބްރިޖު ހުޅުވިތާ ފަންސާސް އަހަރު ފާހަގަކުރުމަށް ޚާއްޞަ ދުވުމެއް ބާއްވައިފި

ކިޔުމަށް ހޭދަވާނީ 36ސ
ޗައިނާގެ ނަންޖިން ބްރިޖު ހުޅުވިތާ ފަންސާސް އަހަރު ފާހަގަކުރުމަށް ޚާއްޞަ ދުވުމެއް ބާއްވައިފި

ޗައިނާގެ ނަންޖިން ކޯރުގައިވާ ބްރިޖު ހުޅުވިތާ 50 އަހަރު ފާހަގަކުރުމަށް ޚާއްޞަ ދުވުމެއް ބާއްވައިފިއެވެ.

 

މި ދުވުމުގައި 2500 މީހުން ބައިވެރިވެފައިވާ އިރު، ދުވެފައިވަނީ 6.8 ކިލޯމީޓަރުގެ ރާސްތާއަކަށެވެ.

 

މިދުވުމުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކަށްވެފައިވަނީ 1968 ވަނަ އަހަރު މި ބްރިޖު ޢިމާރާތް ކުރުމުގައި އުޅުނު 50 މީހަކަށާއި އެ ބްރިޖު ހުޅިވިފަހުން މިއަދާއި ހަމައަށް އައި އިރު، ޢުމުރުން 50 އަހަރު ފުރިހަމަވެފައިވާ 50 މީހަކަށް ދަޢުވަތުދީ މި ދުވުމުގައި ބައިވެރިކޮށްފައިވުމެވެ.

 

މީގެ އިތުރުން މި ދުވުމުގައި ބައުވެރިކޮށްފައިވަނީ އެ ޤައުމުގައި އޮންނަ ދުވުމުގެ ހަރަކާތްތައް ހިންގާ ފަރާތްތަކުގެ ތެރެއިން ހޮވާލެވުނު މީހުންނާއި ދުވުމަށް އަލަށް ނުކުންނަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވުނު ބައެކެވެ.

މިއަދު އޮންލައިން