މާލެއަތޮޅު ގުރައިދޫގައި މިހާރު ކުރިއަށްދާ ތުއްތޮންބެ ކަޕް 2018 ގެ ސެމީފައިނަލުގެ ފަހު މެޗުގައި އޯލް އެޓޭކް އެފްސީ ބަލިކޮށް ފައިނަލުގެ ފަހުޖާގަ ކުޑަސިޓީ އެފްސީ އިން ކަށަވަރުކޮށްފިއެވެ.
ގުރައިދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފޯރިގަދަ ކުޅުމަކަށްފަހު ކުޑަސިޓީން ކާމިޔާބުކުރީ 1 ލަނޑު 0 ލަނޑުންނެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަސިޓީ އެފްސީގެ ޖާރޒީ ނަމްބަރު 55 ޢާލިމް ޢަބްދުލްޤައްޔޫމެވެ.
ކ. ގުރައިދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗު މި މަހުގެ 20 ވާ ބްރާސްފަތި ދުވަހު އޮންނަ އިރު، މި މެޗުގައި ބައްދަލުކުރާނީ ޗެލެންޖަރސް އެފްސީ އާއި ކުޑަސިޓީ އެފްސީއެވެ.