ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ބަލިކޮށް ރޮކް ސްޓްރީޓްސް ހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 13ސ
ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ބަލިކޮށް ރޮކް ސްޓްރީޓްސް ހޯދައިފި

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ބަލިކޮށް ރޮކް ސްޓްރީޓްސް ހޯދައިފިއެވެ.

 

އެފްއޭއެމުން އިންތިޒާމުކޮށްގެން ބޭއްވި ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރޮކް ސްޓްރީޓްސް ސްޕޯޓްސް ކުލަބުން ހޯދީ ފައިނަލު މެޗު 0-2 ލަނޑުން ކާމިޔާބުކޮށްގެންނެވެ.

 

މި މެޗުގެ ދެ ގޯލުވެސް ފަހު ހާފުގައި ފެނުނު އިރު، ރޮކް ސްޓްރީޓްސްގެ ފުރަތަމަ ގޯލު 58 ވަނަ މިނެޓުގައި ކާމިޔާބުކުރީ ހުސެއިން އަބްދުލް މަޖީދެވެ. ދެވަނަ ގޯލު 74 ވަނަ މިނެޓުގައި ކާމިޔާބުކުރީ ރޮކްޓްރީސްޓްސްގެ ކެޕްޓަން އިބްރާހިމް ނާހިލް އިބްރާހީމެވެ.

 

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ރޮކް ސްޓްރީޓްސްގެ އަހުމަދު ނާހިލް އިބްރާހީމް ހޮވުނު އިރު، އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ބުރު ސްޕޯޓްސް ކުލަބުގެ އަބްދުﷲ އަރުޝަންއެވެ. އަދި ފެއާރ ޕްލޭ ޓީމަކަށް ހޮވުނީ ދަ ބައުސް ސްޕޯޓްސް ކުލަބެވެ.

 

ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ޙަވާލުކޮށްދެއްވީ ރާއްޖޭގެ އެންމެފުރަތަމަ ފިފާ ރެފްރީގެ މަޤާމު ހޯދި ދެ ރެފްރީންގެ ތެރޭގައި ހިމެނޭ ރެފްރީ މައްލާ ޅަހުއްތު އާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒެވެ.

 

މިއަހަރުގެ މުބާރާތުގައި 31 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

މިއަދު އޮންލައިން