ދިރާގު ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރި 8 ފަރާތް މިއަދު އުމްރާއަށް ފުރައިފި

ކިޔުމަށް ހޭދަވާނީ 48ސ
ދިރާގު ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރި 8 ފަރާތް މިއަދު އުމްރާއަށް ފުރައިފި

މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހު ދިރާގުން ކުރިއަށް ގެންދިޔަ "ދިރާގު ރޯދަ ހަދިޔާ" ޕްރޮމޯޝަނުގައި ހޮވުނު ނަސީބުވެރި ކަސްޓަމަރުން މިއަދު އުމްރާއަށް ފުރައިފިއެވެ. 

 

މިޕްރޮމޯޝަންގެ ދަށުން މިއަހަރު ނަސީބުވެރި އަށް ފަރާތަކަށް އުމްރާއަށް ދިޔުމުގެ ފުރުސަތު ލިބިފައިވެއެވެ.

 

ދިރާގުގެ ހުރިހާ ކަސްޓަމަރުންގެ މެދުގައި ރޯދަ މަހުގެ ކޮންމެ ހަފުތާއެއްގައި ބޭއްވި މި ގުރުވަތުލުމުގައި ނަސީބުވެރި ކަސްޓަމަރުން ހޮވާފައިވަނީ ރޯދަމަހަށް ހާއްސަކޮންގެން ޓީ.ވީ.އެމް އިން ހުށައަޅާ "މިވަގުތު" ޕްރޮގްރާމުގައި ލައިވް ކޮށެވެ.

 

 ދިރާގުން މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ބޭނުންތެރި އަދި ކޮންމެ މޫސުމަކާއި ގުޅޭ ފަދަ އަގުހުރި ޕްރޮމޯޝްތަކާއި ހަދިޔާތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ. 

 

ދިރާގުގެ ފަރާތުން އުމްރާއަށް ދަތުރުކުރާ ކަސްޓަމަރުންނަށް ބާރަކާތްތެރި އަދި ބާއްޖަވެރި އުމްރާއަކަށް އެދެއެވެ. 

 

 

 

 

މިއަދު އޮންލައިން