އުރީދޫ އާއި އެމޭޒަން ގުޅިގެން "އެމޭޒަން ޕްރައިމް ވީޑިއޯ" ތައާރަފް ކޮށްފި

ކިޔުމަށް ހޭދަވާނީ 2މ 6ސ
އުރީދޫ އާއި އެމޭޒަން ގުޅިގެން "އެމޭޒަން ޕްރައިމް ވީޑިއޯ" ތައާރަފް ކޮށްފި

އުރީދޫ މޯލްޑިވްސްއާއި އެމޭޒަން ގުޅިގެން "އެމޭޒަން ޕްރައިމް ވީޑިއޯ" ރާއްޖެއަށް ތަޢާރަފް ކޮށްފިއެވެ.

 

އިއްޔެ ތަޢާރަފްކުރެވިގެންދިޔަ އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތާއެކު އުރީދޫގެ މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުން، ފުރަތަމަ 6 މަހަށް މަހަކު އެންމެ 49 ރުފިޔާގެ ފީއަކަށް މިޚިދުމަތް ބޭނުންކުރެއްވޭނެއެވެ.

 

މީގެއިތުރުން ޕްރައިމް ވީޑިއޯ މެމްބަރޝިޕް ޚިދުމަތް ބޭނުންކުރެއްވުމަށް 5ޖީބީގެ ޑޭޓާއާއިއެކު މަހަކު އެންމެ 191 ރުފިޔާގެ އޮފަރއެއްވެސް އުރީދޫގެ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫ އިން ބުނެފައިވެއެވެ. މިޚިދުމަތް އެކްޓިވޭޓްކުރެއްވުމަށް މައިއުރީދޫ އެޕް، ވެބްސައިޓް އަދި ސުޕަނެޓް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭނުންކުރެއްވޭނެއެވެ.

 

"ޑިޖިޓަލް އިންގިލާބާއިއެކު އަޅުގަނޑުމެން މުނިފޫހިފިލުވާ ގޮތްތަކާއި ވަޞީލަތްތައް މިއަދު މިވަނީ މުޅިން ބަދަލުވެފައި.      ޓީވީޝޯތަކާއި ފިލްމު އަދި މިއުޒިކާއި އިތުރު އެހެނިހެން މުނިފޫހިފިލުވުމުގެ ވަޞީލަތްތައް ބޭނުންކުރުމަށް އިންޓަނެޓް އިޚްތިޔާރުކުރާ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އެމޭޒަން އާއި ގުޅިގެން މިއަދު މި ތަޢާރަފްކުރެވުނު ޕްރައިމް ވީޑިއޯގެ ޚިދުމަތުން މުނިފޫހި ފިލުވުމަށް މަގުފަހިވެ އިތުރަށް ފަސޭހަވެގެންދާނެ." އުރީދޫއިން ބުނެފައިވެއެވެ.

 

އެމޭޒަން ޕްރައިމް ވީޑިއޯއަކީ މަޝްހޫރު ފިލްމުތަކާއި ޓީވީ އެޕިސޯޑްތައް އަދި އެތަކެއް އެވޯޑް ލިބިފައިވާ ޕްރައިމް އޮރިޖިނަލްފަދަ މުނިފޫހިފިލުވަދޭ ކޮންޓެންޓް އެކުލެވިފައިވާ އޮން-ޑިމާންޑް ވީޑިއޯ ޚިދުމަތެކެވެ. ކޮންމެތާކު ހުރެގެން ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު ސްޓްރީމްކޮށް ޑައުންލޯޑްކޮށްލުމުގެ މަގުފަހިވެގެންދާ މިޚިދުމަތުގައި ހިމެނޭ ވީޑިއޯތަކުގެ ތެރޭގައި ޓޮމް ކްލެންސީސް ޖެކް ރިޔަން، ދަ މާވެލަސް މިސިޒް މެއިޒަލް، ދަމޭން އިންދަ ހައި ކާސްލް، ހޯމްކަމިންގ، ދަ ގްރޭންޑް ޓުއަރ ފަދަ ސީރީޒްތައް ހިމެނެއެވެ. ޕްރައިމް ވީޑިއޯ ބެއްލެވުމަށް އައިއޯއެސް އަދި އެންޑްރޮއިޑް ފޯނާއި ޓެބްލެޓް މެދުވެރިކޮށް ޕްރައިމް ވީޑިއޯ އެޕް ބޭނުންކުރައްވައިގެން، ނުވަތަ ސްމާޓް ޓީވީ އަދި ގޭމިންގ ކޮންސޯލް މެދުވެރިކޮށް primevideo.com އަށް ޒިޔާރަތް ކުރައްވައިގެންވެސް މިޚިދުމަތް ބޭނުންކުރެއްވޭނެއެވެ.

 

އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތް ބޭނުންކުރެއްވުމަށް، ނުވަތަ އުރީދޫގެ ކަސްޓަމަރުންނަށް ލިބެންހުރި އޮފަރތަކާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް www.ooredoo.mv/prime-video ޒިޔާރަތްކުރެއްވުމުން، ނުވަތަ 929 އަށް ގުޅުއްވުމުން މި މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

މިއަދު އޮންލައިން