އެންމެ 19 ރުފިޔާއަށް ވައިބާގެ އެތައްހާސް ސްޓިކާ ޕެކެއް، އުރީދޫގެ ކަސްޓަމަރުންނަށް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
އެންމެ 19 ރުފިޔާއަށް ވައިބާގެ އެތައްހާސް ސްޓިކާ ޕެކެއް، އުރީދޫގެ ކަސްޓަމަރުންނަށް!

މަހަކު އެންމެ 19 ރުފިޔާ ޚަރަދުކޮށްގެން، ފަސޭހަކަމާއެކު ބޭނުން ކޮންމެ ވައިބަރ ސްޓިކާ ޕެކެއް ވެސް ޑައުންލޯޑް ކޮށްލެވޭ ޚާއްސަ ޕެކޭޖެއް، އުރީދޫގެ ކަސްޓަމަރުންނަށް މިއަދު ތަޢާރަފް ކޮށްފިއެވެ. މިޕެކޭޖަކީ އުރީދޫ މޯލްޑިވްސް އާއި ވައިބާ ގުޅިގެން ތަޢާރަފްކުރި ޕެކޭޖެކެވެ. 

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު އުރީދޫ ހެޑް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސް ގެ ޑިރެކްޓާރ އޮފް ސޭލްސް، ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް ޙުސެއިން ނިޔާޒް ވިދާޅުވީ މިޕެކޭޖުގެ ދަށުން، މަހަކު އެންމެ 19 ރުފިޔާ ޚަރަދު ކޮށްލައިގެން ވައިބާގެ (ގަނެވެން ހުންނަ) ހުރިހާ ސްޓީކާތަކެއް އުރީދޫ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

އުރީދޫގެ ފަރާތުން ތަޢާރަފްކުރި މިޚާއްސަ ޕެކޭޖާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެކުންފުނީގެ ޕްރޮޑަކްޓް ހެޑް އަޙްމަދު ނޫމާން ވިދާޅުވީ، އުރީދޫއާއި ވައިބާއާއިއެކީގައި ވެފައިވާ ޕާޓްނަރޝިޕް ގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢާރަފް ކުރެވިގެން ދިޔައީ ދިވެހި ބަހުން ލިޔެފައި ހުންނަ ވައިބާ ސްޓިކާ ޕެކެއް ކަމަށެވެ. އޭގެއިތުުރުން ކޮންމެ އަހަރަކުވެސް (ވައިބާ މެދުވެރިކޮށް) ރާއްޖެއަށް މުޅިން ތަފާތު ކަންތައްތަކެއް ރާއްޖެއަށް ތަޢާރަފް ކުރަމުން ގެންދާ ކަމަށާއި އެގޮތުން މިފަހަރު މިގެނެސްދެނީ 19 ރުފިޔާ ޚަރަދުކޮށްގެން "ވައިބާ ސްޓިކާ މާކެޓުން" ސްޓިކާތައް ޑައުންލޯޑް ކުރެވޭނެ ޕެކޭޖެއް ކަމަށެވެ. 

"މިހާރު ސްޓިކާ މާކެޓްގައި ފްރީ ސްޓިކާ ހުރޭ. އަދި މީގެއިތުރުން ބައެއް ސްޓިކާ ގަންނަން ހުރޭ. 19 ރުފިޔާ އުރީދޫގެ ކަސްޓަމަރުން ސަބްސްކްރައިބް ކޮށްލައްވައިގެން ހުރިހާ ސްޓިކާއެއް، ވައިބާ ސްޓިކާ މާކެޓްގައި ފްރީކޮށް، އެއް މަސް ދުވަސް ވަންދެން ބޭނުން ވަރަކަށް ޑައުންލޯޑް ކުރެވިގެން ދާނެ." ނޫމާން ވިދާޅުވިއެވެ.

މީގެއިތުރުން އުރީދޫގެ ކަސްތަމަރުން ސަބްސްކްރައިބް ކޮށްލައްވައިގެން ވައިބާ ސްޓިކާ މާކެޓް ތެރޭގައި ހުރި ޕްރީމިއަމް ސްޓިކާ ވެސް ޑައުންލޯޑް ކުރެވޭނެ ކަމަށް ނޫމާން ވިދާޅުވިއެވެ. 

އަންލިމިޓެޑް ވައިބާ ސްޓިކާގެ ޚިދުމަތް ހޯދުމަށް PREMIUM  ޖެއްސެވުމަށްފަހު 4114 އަށް ވައިބާ ސްޓިކާ މާކެޓުން ބޭނުން ވަރަކަށް ސްޓިކާ ޑައުންލޯޑް ކުރެވޭނެ ކަމަށް އުރީދޫ އިން ބުނެފައިވެއެވެ.

މިއަދު އޮންލައިން