އުރީދޫގެ ސުޕަރނެޓްގެ ޚިދުމަތް ދ. ކުޑަހުވަދުއަށް އިފްތިތާޙުކޮށް ރާއްޖޭގެ އާބާދީގެ 60% އަށް ފޯރުކޮށްދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
އުރީދޫގެ ސުޕަރނެޓްގެ ޚިދުމަތް ދ. ކުޑަހުވަދުއަށް އިފްތިތާޙުކޮށް ރާއްޖޭގެ އާބާދީގެ 60% އަށް ފޯރުކޮށްދީފި

100 އެމްބީޕީއެސް އާއިހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ދ. ކުޑަހުވަދޫއަށް މިއަދު ތައާރަފްކޮށްފިއެވެ.

މުޅި ރާއްޖެއަށް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ތަޢާރަފްކުރުމަށް އުރީދޫ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އުރީދޫ ސުޕަރނެޓްގެ ޚިދުމަތް 12 މެއި 2016 ގައި ތަޢާރަފްކުރުމަށްފަހު މުޅި ރާއްޖެއަށް މިޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން މިޚިދުމަތް ކުޑަހުވަދުއަށް ތަޢާރަފް ކުރެވިގެން ދިއުމާއެކު ރާއްޖޭގެ އާބާދީގެ 60 އިންސައްތައަށް މިހާރު ސުޕަރނެޓްގެ ޚިދުމަތް ލިބިގެންދާނެއެވެ. 

އުރީދޫގެ ޑައިރެކްޓަރ ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒު ވިދާޅުވީ "ޒަމާނީ ތަރައްޤީ އާއި ހަމައަށް ވާސިލުވުމަށް އެންމެ މުހިއްމުއެއް ޚިދުމަތަކީ އިންޓަނެޓް ކަމަށްވުމާއިއެކު، އުރީދޫގެ އަމާޒަކީ ހަލުވި ސްޕީޑުގެ އިންޓަނެޓްގެ ޚިދުމަތް ރާއްޖޭގެ އެންމެހާ ހިސާބުތަކަށް ފޯރުކޮށްދިނުން ކަމަށެވެ. "މިގޮތުން، ކުޑަހުވަދޫގައި ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކޮށް، އިންޓަނެޓްގެ ޚިދުމަތް އިތުރު ފުރިހަމަކަމާއި އެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.ދިވެހި ރައްޔިތުންނަށް އިޤްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނަން."  

ސުޕަރނެޓްގެ ޚިދުމަތް ކުޑަހުވަދުއަށް ތަޢާރަފްކުރުމާއިއެކު، 31 ޑިސެމްބަރ 2018 ގެ ކުރިން ސުޕަރނެޓް ޚިޔާރު ކުރައްވާ ކުޑަހުވަދޫގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފަރއެއްވެސް މިއަދު ވަނީ ތައާރަފް ކޮށްފައެވެ. ހަމައެހެންމެ ކުޑަހުވަދޫ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫއިން ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީ އެއް ނުހިމެނުމަށްވަނީ ހަމަޖައްސާފައެވެ. 

ސުޕަރނެޓްގެ ޚިދުމަތް ހޯއްދެވުމަށް، ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް  ooredoo.mvއަށް ޒިޔާރަތްކުރުމަށް އުރީދޫން ވަނީ އެދިފައެވެ. 

މިއަދު އޮންލައިން