ކާދަރު ޚާންގެ ހާލު ނާޒުކުފައްތަރެއްގަ..

ކިޔުމަށް ހޭދަވާނީ 54ސ
ކާދަރު ޚާންގެ ހާލު ނާޒުކުފައްތަރެއްގަ..

މަޝްހޫރު ހިންދީ ފިލްމް އެކްޓަރ ކާދަރު ޚާން (ކާދިރު ޚާން)ގެ ހާލު ސީރިއަސްވެ، ނާޒުކު ފައްތަރެއްގައިވާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

އިންޑިއާގެ ޚަބަރުފަތުރާ ވަޞީލަތްތަކުން މަޢުލޫމާތު ދޭގޮތުގައި ކާދަރު ޚާނަށް ފަރުވާދެމުން އަންނަނީ ކެނެޑާގެ ހަސްފަތާލެއްގައެވެ. އަދި އެނދުމަތިކުރީ ނޭވާލާން އުނދަގޫވާތީ ކަމަށާއި މިހާރު ނޭވާ ލަނީ ވެންޓިލޭޓަރގެ އެހީގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޢުމުރުން 81 އަހަރުގެ ކާދަރު ޚާނަށް އެއްގޮތަކަށްވެސް ވާހަކަ ނުދެއްކޭ ކަމަށާއި ނިއުމޯޖިއާގެ ޢަލާމާތްތައްވެސް މިހާރު ފެންނަންފަށާފައިވާ ކަމަށް ޢާއިލާ އާޙަވާލާދީ މީސްމީޑިއާގައި ވަނީ ރިޕޯޓުކޮށްފައެވެ.

1970 އިން 1990 ވަނަ އަހަރާއި ހަމައަށް ކޮމެޑީ ރަސްގެފާނުގެ ގޮތުގައި ފާހަގަކުރެވިފައިވާ ކާދަރު ޚާންގެ ވަނީ ފައިބެއަހަރު ކަކުލުގެ އޮޕަރޭޝަނެއްވެސް ކޮށްފައިވާ އިރު، އެ އޮޕަރޭޝަނަށްފަހު ހިނގާހިނގާވެ ނޫޅެވޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ބޮލީވުޑްގެ ވެޓެރަންސް އެކްޓަރ 300އަށްވުރެ ގިނަ ފިލްމު ވަނީ ކުޅެފައެވެ. އޭގެތެރޭގައި ބެނާރަސީ ބާބޫ، މުޖްސޭ ޝާދީ ކަރޯނގޭ ފަދަ މަޝްހޫރު ފިލްމުތައް ހިމެއެވެ.

މިއަދު އޮންލައިން