އިޒްރޭލުން މިއަހަރުވެސް 19000 ފަތުރުވެރިން ހުއްޓުވައި ފަތުރުވެރިން ހުއްޓުވުމުގެ ރެކޯޑް ހަދައިފިއެވެ.
އިޒްރޭލުގެ އިމިގްރޭޝަނުން ބުނީ އެމީހުން އެތެރެވުން ހުއްޓުވީ އެއިގެ ތެރޭގައި ނުރައްކައުތެރި މީހުން ތިބުމުންނާއި އިޒްރޭލުގައި ހަމަނުޖެހުން އުފައްދައިފާނެ މީހުން ތިބުމުންނާއި އަދި އިޒްރޭލުގައި ފިލައިފާނެ މީހުން ތިބުމުން ކަމަށެވެ.
އިޒްރޭލުގައި ކްރިސްޓިއަން ދީނުގެ މުހިންމު ބިނާތަކެއް ވެސް ހުރުމުން ގިނަ އަދަދެއްގެ ކްރިސްޓިއަނުން ކޮންމެ އަހަރަކު އިޒްރޭލަށް ޒިޔާރަތް ކުރެއެވެ. އެގޮތުން މިއަހަރުވެސް 4 މިލިއަނެއްހައި މީހުން އިޒްރޭލަށް ޒިޔާރަތް ކުރިއެވެ. ނަމަވެސް އިޒްރޭލުން ހުއްޓުވާ މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ މުސްލިމުންނެވެ.