ކްރިސްމަސް "ސަރޕްރައިޒަކަށް" ދަރިފުޅު ގަތް ޑީއެންއޭ ކިޓްތަކުގެ ސަބަބުން ޢާއިލާ ފަޟީޙަތްވެއްޖެ!‍ - ރާއްޖޭގަ ކިހިނެއް ވާނެބާ؟

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ކްރިސްމަސް "ސަރޕްރައިޒަކަށް" ދަރިފުޅު ގަތް ޑީއެންއޭ ކިޓްތަކުގެ ސަބަބުން ޢާއިލާ ފަޟީޙަތްވެއްޖެ!‍ - ރާއްޖޭގަ ކިހިނެއް ވާނެބާ؟

ކްރިސްމަސް "ސަރޕްރައިޒަކަށް" ދަރިފުޅު ގަތް ޑީއެންއޭ ކިޓްތަކުގެ ސަބަބުން ޢާއިލާ ފަޟީޙަތްވެއްޖެއެވެ. ދަރިފުޅު ބޮޑު އަގުދީފައި ކިޓްތައް ގަތީ ޢާއިލާގެ ބަދަހިކަން ސާބިތުކުރުމަށެވެ. ނަމަވެސް އެކަން ވެގެން ދިއައީ ޢާއިލާގެ ބޮޑު ސިއްރު ފަޅާއެރި ކަމަށެވެ.

ޢާއިލާގައި ތިބެނީ 4 ކުދިންނާއި މަންމަ އާއި ބައްޕައެވެ. މަންމަ ފުރަތަމަވެސް ބުނީ ތިއައީ ކުރަން ކަމުދާ ކަމެއް ނޫން ކަމަށާއި ކިޓްތަކުގެ ބޭނުން ނުކޮށް ވިއްކައިލުން މާރަނގަޅުވާނެ ކަމަށެވެ. އަދި މަޖާކޮށްލަން އެ ފައިސާ ހޭދަކުރުން މާރަނގަޅުވާނެ ކަމަށެވެ. 

ބައްޕަ ތާއީދުކުރީ ދަރިފުޅަށެވެ. ބައްޕަ ބުނީ އެއީ ހަމަ ކޮށްލަން އެންމެ ރަނގަޅު ކަމެއް ކަމަށެވެ. ވަރުގަދަ ޒުވާބަކަށްފަހު މަންމަ ހަޤީޤަތް ކިޔައި ދިނެވެ. މަންމަ ބުނީ ޓެސްޓް ކުރި ނަމަވެސް ނުކުރި ނަމަވެސް ދޮށީ ދަރިފުޅަކީ އެހެން ބައްޕައެއްގެ ދަރިއެއް ކަމަށެވެ. ހަގަށް ތިބީ ބައްޕަގެ 3 ދަރިން ކަމަށެވެ. އެކަން ސިއްރުކުރީ ޢާއިލާގެ މަސްލަހަތަށްޓަކައި ކަމަށެވެ. 

ރާއްޖޭގައި މިފަދަ ޓެސްޓެއް ހަދައިފިނަމަ މިހާރުގެ ޒަމާނީ ގިނަ ޢާއިލާތަކުން ނުކުންނާނީ ކޮން ނަތީޖާއެއްބާވައެވެ!

މިއަދު އޮންލައިން