ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ކުޅަދާނަ ގޯލްކީޕަރު އިމްރާން މުޙައްމަދު (އިއްމަ) ދިވެހި ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލުން ފާހަގަކުރުމަށް ކުޅުނު މެޗު އިއްމަ 11 ޓީމުން ކާމިޔާބުކޮށްފިއެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މިމެޗު އެޓީމުން ކާމިޔާބުކުރީ އެފްއޭ11 އާވާދަކޮށް 4 ލަނޑު 3 ލަނޑުންނެވެ.
ފުރަތަމަ ގޯލް އެފްއޭ 11 ގެ މުޙައްމަދު ނިޒާމް (ނިޒާމްބެ)
އިއްމަ 11 ގެ ފުރަތަމަ ގޯލް މުޙައްމަދު ނިޒާމް (ތޮއްޑޫ ނިޒާމް) ޖަަހައިދިން އިރު، ދެވަނަ ގޯލު ޖެހީ ޢަލީ ޢުމަރެވެ. އަދި އެޓީމުގެ 3ވަނަ ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުން އިމްރާން މުޙައްމަދު (އިއްމަ)އެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 3 ލަނޑު 1 ލަނޑުން އިއްމަ 11ގެ ޓީމު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި އެފްއޭ11ގެ ހަމަލާތައް ވަރުގަދަކުރުމުގެ ނަތީޖާއަކީ ރެއާލް މެޑްރިޑް ތަރި ސަލްވާޑޯއެވެ. މިއީ އިއްމަ 11 ޓީކުގެ ގޯލްއޭރިއާ ތެރެއިން ރާއްޖޭގެ އެންމެފުރަތަމަ ގޯލްޑް ކެޕްޓަން އައްސަދު ޢަބްދުލްޣަނީ އެފްއޭ 11ގެ ޢަލީ ފާސިރު (ސެންޓޭ)އަށް ކުރި ފައުލަކާއިގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.
މި ގޯލަށްފަހު އިއްމަ11 އިން ވަނީ އިދިކޮޅު ގޯލަށް ނުރައްކާކޮށްފައެވެ. އަދި ޢަލީ އަޝްފާޤް (ދަގަނޑޭ) ވަނީ އިތުރު ގޯލެއް ޖަހާ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. އަދި އޭގެ މިނެޓެއްފަހުން އެފްއޭ 11ގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވަނީ ލަނޑެއްޖަހާ 3-4 އަށް ބަދަލުކޮށްފައެވެ.
މި މެޗު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވަޑައިގެންނެވިއެވެ.