އައިވައިޑީ ކަޕްގެ ފުރަތަމަ މެޗު ލޮރާޑޯ އެފްސީއަށް ‍- ދެވަނަ މެޗު އޭޑީޑީއަށް.

ކިޔުމަށް ހޭދަވާނީ 49ސ
އައިވައިޑީ ކަޕްގެ ފުރަތަމަ މެޗު ލޮރާޑޯ އެފްސީއަށް ‍- ދެވަނަ މެޗު އޭޑީޑީއަށް.

އިސްދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިސްދޫ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީން އިންތިޒާމުކޮށްގެން ބާއްވާ 6 ވަނަ އައިވައިޑީ ކަޕުގެ ފުރަތަމަ މެޗު ލޮރާޑޯ އެފްސީ އަދި ދެވަނަ މެޗު އޭޑީޑީ ކާމިޔާބުކޮށްފިއެވެ.

ލޮރާޑޯއިން މެޗު ކާމިޔާބުކުރީ ޑީވައިއޭ އާ ވާދަކޮށް 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލޮރާޑޯގެ އަޙްމަދު އަކުރަމެވެ. ދެވަނަ މެޗު އޭޑީޑީ އިން ކާމިޔާބުކުރީ ޑީވައިއޭ ޖޭ އާވާދަކޮށް 1-0 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޭޑީޑީ ޓީމުގެ ޙަސަން މުރުތަލާ އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ޑީޔައިއޭ އާއި ލޮރާޑޯ އާއި ޑީޔައިއޭޖޭ އާއި އޭޑީޑީ އެވެ. ގްރޫޕް ބީގައި ހިމެނެނީ ވެސްޓް ސިޓީ އާއި ޓީސީ އާއި ރިއޯ އަދި ބަނޑު އެވެ. 

މި މުބާރާތުގެ ސެމީފައިނަލް މެޗުތައް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖެނުއަރީ 5 ގައެވެ. ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ޖެނުއަރީ 7 ގައެވެ.

މިއަދު އޮންލައިން