ޗައިނާގެ އުޅަނދު ހަނދުގައި ޖައްސައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 43ސ
ޗައިނާގެ އުޅަނދު ހަނދުގައި ޖައްސައިފި!

ލިޔުނީ: ޒިދާން މުހައްމަދު

ޗައިނާގެ ޗޭންޖް-4 ޖައްވީ އުޅަނދު ހަނދުގެ އަނދިރި ފަރާތަށް ޖައްސައިފިއެވެ. އެ އުޅަނދު ހަނދުގައި ޖެއްސީ މިއަދު ހެނދުނު ޗައިނާ ގަނޑިން 10:26 އެވެ.

މިއާއެކު އެ އުޅަނދު ވެގެން ގޮސްފައިވަނީ ހަނދުގެ އެ ސަރަހައްދަށް ޖެއްސި ފުރަތަމަ ޖައްވީ އުޅަނދަށެވެ. ސައުތު ޕޯލް-އައިޓްކެން ބޭސިން އަށް ޖެއްސި ޗައިނާގެ ރޯވާ ނަމަކަށް ކިޔަ މި އުޅަނދުގެ އެހީގައި، ޗައިނާއިން އެ ސަރަހައްދުގެ ތަހުލީލުތައް ކުރާނެ އެވެ. އެގޮތުން އެ ސަރަހައްދުގެ ބިންގަނޑުން ސާންޕަލް ނަގާ ޖިއޮލޮޖިކަލް ޓެސްޓްތައް ކުރާނެ އެވެ.

ޗޭންޖް-4 ރޯވާ ހަނދަށް ޖެއްސުމާ އެކު މިހާރު ވަނީ ހަނދުގެ ފޮޓޯތައް ދުނިޔެ އަށް ފޮނުވާފަ އެވެ. މި ފޮޓޯތައް ފުރަތަމަ ފޮނުވާފައި ވަނީ ޖައްވީ ސެޓަލައިޓަކަށެވެ. ދުނިޔެއަށް ޑާޓާތައް ފޮނުވަނީ މި ބުނާ ސެޓަލައިޓުންނެވެ.

މިއަދު އޮންލައިން