ޢާއިލާ ބާއްޖަވެރި ކުރެވޭނީ އީމާންތެރިކަން ވަރުގަދަކުރުމާއިއެކު މަޝްވަރާކޮށްގެން: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ޢާއިލާ ބާއްޖަވެރި ކުރެވޭނީ އީމާންތެރިކަން ވަރުގަދަކުރުމާއިއެކު މަޝްވަރާކޮށްގެން: ޝައިޚް އިލްޔާސް

ޢާއިލާތައް ބާއްޖަވެރިކުރެވޭނީ އީމާންތެރިކަން ވަރުގަދަކުރުމާއިއެކު ކަންކަމުގައި މަޝްވަރާކޮށްގެން ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.  

"ބާއްޖަވެރި ޢާއިލާ" މި މައުޟޫއަށް މިރޭ އިސްލާމިކް މިނިސްޓްރީގެ މައިދާނުގައި ދަރުސް ދެއްވަމުން ޝައިޚް އިލްޔާސް ވިދާޅުވީ ބާއްޖަވެރި ޢާއިލާއެއް ބިނާ ކުރުމަށް ނުވަތަ ޢާއިލީ ގުޅުންތައް ބަދަހިކުރުމަށް ވެސް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އީމާންކަން ވަރުގަދަކުރުން ކަމަށެވެ. އަދި ﷲ ތަޢާލާ އަންގަވާފައިވާ އެންގެވުންތަކަށް ފުރިހަމައަށް އަމަލުކުރުން ކަމަށެވެ. 

ހަމައެއާއިއެކު ދެމަފިރިން، އެކަކުގެ އަނެކެއްގެ ކިބައިން ބޭނުންވާ ކަންކަން އޮޅުންފިލުވައި ދެމަފިރިންވެސް އެކަންކަމަށް އިހްތިރާމް ކުރަންވާނެ ކަމަށާއި އަދި އެކަކު ނުރުހޭ ކަންކަން އަނެކަކު ކޮށްގެން ނުވާނެ ކަމަށެވެ.

ޝައިޚް އިލްޔާސް ވަނީ ކީރިތި ޤްރްއާނާއި ޙަދީޘްފުޅުގެ އަލީގައި މިމައުޟޫޢުގައި ވަރަށް ގިނަ ތަފްޞީލުތައް ދެއްވަވައިފައެވެ. އަދި މައުޞޫގައި ހިމެނޭ ތަފާތު ބައިތައް ވެސް ހާމަކުރައްވައިފައެވެ. ﷲ ތަޢާލާގެ ވާގިފުޅާއިއެކު ތަފްޞީލުތައް މިއަދުނޫހުގައި ޝާޢިއުކުރަން މަސައްކަތް ކުރާނަމެވެ.

މިއަދު އޮންލައިން