ﷲ ތަޢާލާ އަނބިން (އަންހެނުން) އުފައްދަވާފައިވަނީ ފިރިހެނުންގެ ނަފްސުންނެވެ. ހައްވާގެފާނު އުފެއްދެވީ އާދަމްގެފާނުގެ ކަށިގަނޑަކުންނެވެ. އަނބިން އުފައްދަވާފައިވަނީ އެކަނބަލުންގެ ކިބައިން އުފާ ލިބިގަތުމަށެވެ. އެ އުފާވެރިކަން ހޯދޭނެ، އަދި ލިބިގަނެވޭނެ ގޮތް ވެސް ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ.
"އަދި ތިއަބައިމީހުންގެ މެދުގައި ތިމަން ﷲ ލޯބި ލެއްވެވީމެވެ. އޯގާވެރިކަން ލެއްވެވީމެވެ. މި ދެކަންތައް ނެތްނަމަ މާއްދިއްޔަތުން ކިންމެ ބޮޑު ކަނަވަސްކަމެއް ގެނެސްދިން ކަމުގައިވި ނަމަވެސް، ﷲ ގަންދީ ހުވާކޮށްފަ މިބުނަނީ އެޢާއިލާގެ ތެރޭގަ ނޯންނާނެ އެއްވެސް ހަމަޖެހުމެއް.
ލޯތްބާއި އޯގާތެރިކަން ނެތް ދެމަފިރިންގެ މެދުގައި ހަމަޖެހުން އޮތުމަކީ މުސްތަހީއްލު ކަމެއް." ލޯތްބެވެ މިކިޔަނީ އެކެއްގެ ހިތް އަނެކެއްގެ މައްޗަށް ލެންބުވުމަށެވެ.
ލެނބިގެން ދިއުމަށެވެ. ﷲ ތަޢާލާ ވަހީ ކުރައްވަވާފައިވަނީ ލޯބި ގެނެސްދިނުމަށްޓަކައި އަޅައިލުމާއި އޯގާތެރިކަން ލެއްވެވީމެވެ. "އެހެންވީމާ ދެމަފިރިންގެ މެދުގައި ލޯބި ނެތްކަމުގައި ވެއްޖެނަމަ، އެލޯބި ދަގަނޑު ލޯތްބަކަށް ވެއްޖެ ނަމަ ފޭލްވީ. ގިރިޓީ ލޯތްބަކަށް ވެއްޖެނަމަ ފޭލްވީ. ބޭނުންވަނީ އޯގާތެރި ލޯތްބެއް.
އުސްތާޛަކު ވިދާޅުވެފައިވަނީ އެންމެ އަގު ބޮޑު ކާރާ، އެންމެ ތަނަވަސް ގެއާ އެފަދަ ހުރިހާ ކަމެއް އަންހެންކަށް ދިން ނަމަވެސް އަޅައިލުމާއި އޯގާތެރިކަން ނުދޭނަމަ އަންހެނާގެ، އަނބިމީހާގެ ލޯބި ނުލިބޭނެ ކަމަށް.
" "އަންހެނުން، އަނިބިން ނިކަމެތިކުރަމުން ގެންދާ ކޮންމެ ފިރިހެނަކުވެސް ވިސްނަންވީ ތިމަންނާއަށް ﷲ ދެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިތޯ މިވަނީ ނުވަތަ ފުރަގަސްތޯ މިދެވެނީ." --ޝައިޚް އިލްޔާސް ޙުސައިން ރޭ ދެއްވި "ބާއްޖަވެރި ޢާއިލާ ދަރުސުންނ