ކިތަންމެ ގިނަ ދުނިޔަވީ ނިޢްމަތްތައް ލިބުނު ނަމަވެސް ބާއްޖަވެރިކަމެއް ނުލިބޭނެ- ލިބޭނީ ހިތްހަމަޖެހުން ލިބިގެން: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ކިތަންމެ ގިނަ ދުނިޔަވީ ނިޢްމަތްތައް ލިބުނު ނަމަވެސް ބާއްޖަވެރިކަމެއް ނުލިބޭނެ- ލިބޭނީ ހިތްހަމަޖެހުން ލިބިގެން: ޝައިޚް އިލްޔާސް

ބާއްޖަވެރިކަމަކީ އިންސާނާގެ ހިތަށް ލިބޭ ހިތްހަމަޖެހުމެވެ. އެއީ ބޭރުން ކިތަންމެ ގިނަ ކަންތައްތަކެއް، ނުވަތަ ނިޢްމަތްތަކެއް ލިބުނު ނަމަވެސް ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. ބާއްޖަވެރިކަން ލިބޭނީ ހިތަށް އުފާ ލިބޭކަން ހިތަށް އިޙްޞާޞްކުރެވިގެންނެވެ. ބާއްޖަވެރިކަމަކީ ހިތަށް ލިބޭ ހަމަޖެހުމާއި ފިނިކަމުގެ ޝުޢޫރުތަކެވެ.

ހިތަށް އުފާވެރިކަން ލިބި ހިތްހަމަޖެހުން ލިބޭނީ އެމީހެއްގެ ހިތުގައި އީމާންކަން އަށަގަތް މިންވަރަކުންނެވެ. އެހެންކަމުން ކޮންމެ ކަމަކުން ނަމަވެސް ބާއްޖަވެރިކަން ލިބެން އެދޭމީހާއަށް އޮތީ އީމާންކަން ވަރުގަދަކުރުމެވެ. އީމާންކަން ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ ކަމަކީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުމެވެ.

ކީރިތި ޤްރްޢާނުގެ ޢާޔަތްތަކުން އެނގެން އޮތްގޮތުގައި ބާއްޖަވެރިކަން ލިބެނީ ގިނަގިނައިން ﷲ ތަޢާލާ މަތިން ހަނދުމަކުރުމުންނެވެ. މިންވަރަށް އީމާންވުމމުންނެވެ. ކޮންމެ ކަމެއްވެސް ހިނގަމުންދަނީ ﷲ ތަޢާލާ މިންވަރު ކުރައްވަވާ ގޮތަށްކަން ޤަބޫލުކުރުމުންނެވެ.

ކިތަންމެ ގިނަ ފައިސާ އާއި މަތީ މަޤާމުތައް ލިބުނު ނަމަވެސް ބާއްޖަވެރިކަމެއް ނުލިބޭނެއެވެ. އެހެނީ އެ ނިޢްމަތްތައް ކިތަންމެ ވަރަކަށް ލިބުނު ނަމަވެސް އެމީހަކަށް ހިތްހަމަ ޖެހުން ނުލިބޭނަމަ ބާޖަވެރިކަމެއް ނުލިބޭނެއެވެ. ވީމާ މިކަންކަމުން އެނގި ޔަޤީންވަނީ ބާއްޖަވެރިކަމަކީ ބޭރުފުށުން ލިބޭ ކަންކަމުން ޙާޞިލުކުރެވޭނެ ކަމެއް ނޫން ކަމެވެ. --ޝައިޚް އިލްޔާސް ޙުސައިން ރޭ ދެއްވި "ބާއްޖަވެރި ޢާއިލާ ދަރުސުން

މިއަދު އޮންލައިން