އީމާންކަމުގެ ރަހަ ލިބޭނެ 3 ކަމެއްވޭ! ‍- އެ 3 ކަންތައް ފުރިހަމަ ވެއްޖެ މީހަކު އެއްވެސް ކަންބޮޑެއް ނުވާނެ!: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
އީމާންކަމުގެ ރަހަ ލިބޭނެ 3 ކަމެއްވޭ! ‍- އެ 3 ކަންތައް ފުރިހަމަ ވެއްޖެ މީހަކު އެއްވެސް ކަންބޮޑެއް ނުވާނެ!: ޝައިޚް އިލްޔާސް

އީމާންކަމުގެ ރަހަ ލިބޭނެ 3 ކަމެއް ރަސޫލް (ޞޢވ) ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. ޙަދީޘްފުޅުގައި ވަނީ "3 ކަމެއް މީހަކު ޢަބޫލުކޮށްފިނަމަ އެމީހަކަށް އީމާންކަމުގެ ރަހަ ލިބޭނެއެވެ. 1 ކާއިނާތުގެ މިލްކުވެރިފަރާތަކީ ހައްދަވައި ގެންގުޅުއްވަވާ އިލާހުކަން ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކޮށް ކަށަވަރުކުރުން. 2. ދިރިއުޅުމަށް އެންމެ މަތިވެރި ނިޒާމަކީ 7 އުޑުމަތިން ﷲ ތަޢަލާ ބާވައިލައްވަވާފައިވާ ނިޒާމްކަން ހިތުގެ އަޑިން ޤަބޫލުކުރުން. 3. ބާއްޖަވެރިކަން ލިބުން ވަނީ މިއުންމަތުގެ ނަބިއްޔާ މުޙައްމދު (ޞޢވ) އަށް ތަބަޢަވުމުން ކަމަށް ހިތުގެ އަޑިން ޤަބޫލުކުރުން."

ޙަދީޘްފުޅުގައިވަނީ މި 3 ކަންތައް މީހަކު ޤަބޫލުކޮށްފިނަމަ އެމީހަކަށް އީމާންކަމުގެ ރަހަ ލިބިގެންދާނެ ކަމަށެވެ. އެ ރަހަ ލިބުމުން އެމީހަކު ހުންނާނީ ބާއްޖަވެރި މީހެއްގެ ގޮތުގައެވެ. އެހިސާބުން އެމީހެއްގެ ޙަޔާތުގައި ދިމާވާ ދަތި އުނދަގޫތަކުގެ ސަބަބުން ހަމަޖެހުން އެމީހަކަށް ގެއްލިގެން ނުދާނެއެވެ. ޓެންޝަނަށް، ޑިޕްރެޝަނަކަށް ނުވެއްޓޭނެއެވެ.  

މުއުމިނަކަށް ނޫނީ ނުލިބޭނެ މަތިވެރި ޝަރަފެއްވެއެވެ. އެއީ ތިމާ ކުރާ ހުރިހާ ކަމަކާއި ދުނިޔޭގައި ހިނގާ ހުރިހާ ކަމެއް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާކަން އެނގުމާއިއެކު ﷲ ތަޢަލާ މިންވަރު ކުރެއްވެވި ކަމެއް މެނުވީ، ތިމަން ކިތަންމެ ބޭނުންވެގެން އުޅުނު ނަމަވެސް ނުލިބޭނެކަން ޤަބޫލުކުރެވުމެވެ. އެކަން ޤަބޫލުކުރުމުން މުއުމިނަކަށް ލިބޭ ޝަރަފު ދުނިޔޭގެ އެއްވެސް އެހެން މީހަކަށް ނުލިބޭނެކަން ﷲ ތަޢާލާ ވަނީ ބަޔާންކުރައްވަވައިފައެވެ.  

މުއުމިނަކަށް ކޮންމެ ކަމެއް މެދުވެރިވި ނަމަވެސް ﷲ ތަޢާލާއަށް ޙަމްދުކޮށް ދުލުން ކިޔާނީ އަލްޙަމްދުލިﷲ އެވެ. ކިތަންމެ ބޮޑު ތަކްލީފެއް އުފުލަން

ޖެހުނު ނަމަވެސް އެއީ ﷲ ތަޢާލާ ކުރިމަތިކުރެއްވެވި އިމްތިޙާނެއްކަން ޤަބޫލުކޮށް ކެތްތެރިވާނެއެވެ. ފިކުރު ބޮޑުވެ ޑިޕްރެޝަނަކަށް ނުވެއްޓޭނެއެވެ.

 

- ޝައިޚް އިލްޔާސް ދެއްވި "ބާއްޖަވެރި ޢާއިލާ" ދަރުސުން 

މިއަދު އޮންލައިން