ގާތްތިމާގެ ކަމުގެ ގުޅުން ކެނޑުމުން އެމީހަކަށް ﷲ ތަޢާލާ ލަޢްނަތް ލައްވަވާނެއެވެ. ﷲ ތަޢާލާގެ ރަޙްމަތް އެމީހަކަށް ކެނޑިގެންދާނެއެވެ. އެހިސާބުން އެމީހަކު "ހެޕީ" ވާން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް "ހެޕީ" އެއް ނުވެވޭނެއެވެ.
ރަސޫލް (ޞޢވ) ކުރައްވަވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވަނީ އެމީޙެއްގެ އުމުރު ދިގުވެ، އެމީހެއްގެ ރޯދި ބަރަކާތް އިތުރުވުމަށް އެދޭ މީހާ، ގާތްތިމާގެ ކަމުގެ ގުޅުން ބަދަހިކުރާށެވެ. ﷲ ތަޢާލާ ރަޙިމްގެ ގުޅުން ޚަލްޤް ކުރެއްވެވުމުން ހަދީޘްގައި އޮންނަނީ އައިސް ޢަރްޝީގައި އޮޅުލައިގަތް ކަމަށެވެ. "ﷲ ތަޢަލާގެ ޙަޟްރަތުގައި ދަންނަވަނީ "މިއީ އިނބަ ﷲ ގެ ޙަޟްރަތުގައި ގުޅުން ކެނޑުމުން ސަލާމަތްވުމުގެ ވަގުތެވެ. އެ ހިނދު ﷲ ވަޙީ ކުރައްވަވަނީ އޭ ރަހިމުގެ ގުޅުމެވެ. ތިބާ އަޑުއަހާށެވެ. ތިބާގެ ގުޅުން ބަދަހިކުރާ މީހަކަށް ތިމަން ﷲ ގެ ރަޙްމަތް ތަނަވަސްވާނެއެވެ. ތިބާގެ ގުޅުން ކަނޑާ މީހަކަށް ތިމަން ﷲގެ ރަޙްމަތް ކެނޑޭނެއެވެ."
ﷲ ތަޢަލާގެ ރަޙްމަތްފުޅު އެމީހަކަށް ކެނޑުއްވެވުމުން ދެން ލިބޭނީ ކޮން ބާޖަވެރިކަމެއް ހެއްޔެވެ؟ ލިބޭނެ އެއްވެސް ބާއްޖަވެރިކަމެއް ނުއޮންނާނެއެވެ.
ވީމާ ޢާއިލާ ބާއްޖަވެރި ކުރަން ބޭނުންނަމަ މިކަންކަމަށް ސަމާލުކަން ދޭންޖެހޭނެއެވެ. ޢާއިލީ ގުޅުންތައް ދަމަހައްޓަން ޖެހޭނެ އެވެ. ދަރުސްގައި މިބަޔާންކުރި ކަންކަމަށް ސަމާލުކަން ދޭންޖެހޭނެއެވެ.
ދުނިޔަވީ ގޮތުން ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ ﷲ ތައާލާ އެކަމެއް ހިންމަވައި ދެއްވެވުމުންނެވެ. އެހެންކަމުން އެންމެ ފުރަތަމަވެސް ކުރަންޖެހޭނެ ކަމަކީ ކޮންމެ ކަމެއްގައިވެސް ﷲ ތައާލާ އަންގަވައިފައިވާ ގޮތަށް އަމަލުތައް ބަހައްޓައި ﷲ ތަޢާލާގެ ރުއްސެވުން ހޯދަން މަސައްކަތް ކުރުމެވެ.
- ޝައިޚް އިލްޔާސް ދެއްވި "ބާއްޖަވެރި ޢާއިލާ'' ދަރުސުން
ދާދި ކުދިކުދި ކަންކަމުގައި ޚިޔާލުތަފާތުވެ ޢާއިލާގެ މީހުންނާއި ވާހަކަ ނުދައްކައި ތިބުން މިވަނީ ޢާންމުވެފައެވެ. ސިޔާސީ ފިކުރު ތަފާތުވެ ތިމާ ބުނާ މީހަކަށް ވޯޓު ނުލުމުން އެކަމުގެ ރުޅީގައި ޢާއިލީ ގުޅުންތައް އެބަ ކަނަޑަމުއެވެ. މިކުރެވެނީ ކިހައިވަރެއްގެ ބޮޑު ފާފައެއް ކަމާއިމެދު ނިކަން ވިސްނައި ފިކުރުކޮށްބަލާށެވެ!