ސައުދިއަރަބިޔާގައި ޓެރަރިސްޓުން އިތުރުވަމުންދާތީ ސިފައިން މިދިއަ ހަފްތާގައި ހިންގި އޮޕަރޭޝަންތަކުގައި 6 ޓެރަރިސްޓަކު މަރާލެވިފައިވާ ކަމަށް އެޤައުމުގެ ހޯމް މިނިސްޓަރީން ބުނެފިއެވެ.
ހޯމް މިނިސްޓްރީން ބުނީ އޮޕަރޭޝަންތަކުގައި މެޝިން ބަޑިއާއި އަތުބޮމާއި އެނޫންވެސް ބައެއް ހަތިޔާރުވެސް އަތުލެވިފައިވާ ކަމަށެވެ. އަދި މިއޮޕަރޭޝަންތަކުގައި ސިފައިންގެ 5 މީހަކު ޒަޚަމްވި ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ބައެއް ކުދި އަވަށްތަކުގައިވެސް ޓެރަރިސްޓުން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.