ޕާކިސްތާނުގައި ހުރި އެންމެ ދިގު މީހާއަށް ބައިވެރިއަކު ހޯދުމަށް އުނދަގޫތަކެއް ދިމާވެފައިވާކަމަށް އެ ޤައުމުގެ ނޫސްތަކުން ބުނެފިއެވެ.
ކަންޓްރީ މޭންގެ ނަމުން މަޝްހޫރުވެފައިވާ ޢުމުރުން 23 އަހަރުގެ ޒިއާ ރާޝިދު ވަނީ އޭނާއަށް ބައިވެރިއަކު ހޯދުމަށް ޕާކިސްތާނުގެ އެކި އަވަށްތަކަށްވެސް ދަތުރުކޮށްފައެވެ. ނަމަވެސް އެންމެބޮޑު މައްސަލައަކަށް ދިމާވެފައިވަނީ އޭނާ އިސްކޮޅުން ދިގުވުމެވެ.
ޒިއާ ރާޝިދުގެ ދިގު މިނުގައި 8 ފޫޓު ހުރި އިރު، އެންމެންވެސް ބުނަމުން އަންނަނީ ޒިއާ ރާޝިދަށް އެންމެ އެކަށީގެންވަނީ އޭނާއާ އިސްކޮޅުން އެއްވަރުގެ މީހެއް ކަމަށެވެ. އެވަރުގެ މީހެއް އަދިމިހާތަނަށް ފެނިފައެއް ނުވެއެވެ. ނަމަވެސް އޭނާ އަދިވެސް އުއްމީދު ކަނޑައެއް ނުލައެވެ.
އޭނާ މިހާރު ނިންމާފައިވަނީ ޕާކިސްތާނުން ބޭރުން ނަމަވެސް އޭނާއަށް ބައިވެރިއަކު ހޯދުމަށެވެ. އެހެންކަމުން އޭނާ މިހާރުވަނީ ޔޫއޭއީ އަށްވެސް ދިއުމަށް ނިންމާފައެވެ.
ދުބިޔޭގައި ހުރި އެންމެ ދިގު މީހާއަށްވުރެ ޒިއާ ރާޝިދު ކުރުވަނީ އެންމެ 3 އިންޗިއެވެ.