10 މީހުންނާއެކު ދަތުރުކުރި މުދާއުފުލާ މަތިންދާ ބޯޓެއް ތެހެރާން ކައިރިއަށް ވެއްޓިއްޖެ

ކިޔުމަށް ހޭދަވާނީ 35ސ
10 މީހުންނާއެކު ދަތުރުކުރި މުދާއުފުލާ މަތިންދާ ބޯޓެއް ތެހެރާން ކައިރިއަށް ވެއްޓިއްޖެ

ދިހަ މީހުންނާއެކު ދަތުރުކުރި މުދާއުފުލާ މަތިންދާ ބޯޓެއް ތެހެރާން ކައިރިއަށް ވެއްޓިއްޖެއެވެ.

 

ޒިންހުއާ ނިއުސްއިން ބުނެފައިވާ ގޮތުގައި މިއީ ބޮއިންގ 707 ގެ ބޯޓެކެވެ. އަދި މިބޯޓު ވެއްޓުނީ ރާއްޖެގަޑިން މިއަދު މެންދުރު 12:30 އެހާކަންހާއިރު ކަމަށެވެ.

 

ޒިންހުއާ އިން އިތުރަށް ބުނީ ތަޖަކިސްތާނުން ފުރައިގެން އައި މި ބޯޓުގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

 

މަންޒަރުދުށް މީހުންނާ ޙަވާލާދީ އެ ނޫހުން ބުނީ ބޯޓު ވެއްޓުނީ ދުއްވާފައި އަންނަނިކޮށް ކުއްލިއަކަށް ކަމަށެވެ.

 

މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން