ޗައިނާއަށް 222 ކިލޯ ޑްރަގް (މެތަމްފެތަމައިން) އެތެރެކުރިމީހަކަށް މަރުގެ އަދަބުދޭން ޙުކުމް ކުރުމަކީ އެއްވެސް ޤައުމަކުން ކަން ބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ޗައިނާއިން ބުނެފިއެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ހުއާ ވިދާޅުވީ ޗައިނާއަށް ޑްރަގް އެތެރެކުރުމުން ކެނެޑާގެ ރައްޔިތެއް ކަމަށްވާ ރޮބަރޓް ޝެލެންބަރގްގެ މައްޗަށް ޗައިނާގެ ކޯޓުން ކުރި ޙުކުމާއިމެދު ކެނެޑާއިންވެސް އަދި އެހެން ޤައުމަކުންވެސް ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. އެ ޙުކުމަށް ފާޑުކިޔާނަމަ އެއީ ޗައިނާގެ އިސްތިޤްލާލަށް އަރައިގަތުން ކަމަށެވެ.
36 އަަހރުގެ ރޮބަރޓަށް މަރުގެ އަދަބު ދިނުމުގެ ޙުކުމް އިއްވުމުން އިއްވުމުން އެ ޙުކުމް ބަދަލުކޮށް ދިނުމަށް މިހާރުވެސް ވަނީ އެދިފައެވެ. ކެނެޑާއިން ވަނީ އެ ޤައުމުގެ ރައްޔިތުން އެހެން ޤައުމުތަކަށް ދަތުރުކުރާއިރު އެޤައުމެއްގެ ްާނޫޏުތަކަށް ޙުރުމަތް ތެރިކޮށް އިންޒާރު ވެސް ނެރެފައެވެ.
ޗައިނާ އާއި ކެނެޑާގެ ގުޅުމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ މިފަދަ ދަނޑިވަލެއްގައި ޗައިނާއިން ކުރި ޙުކުމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ގޯސްވާނެ ކަމަށް ވަނީ ބެލެވިފައެވެ. ޗައިނާއިން މިއީ އެ ޤައުމުގެ ޤާނޫނު ނަގަހައްޓައި ތަންފީޒުކުރުން ކަމަށެވެ.