ދިވެހި ފެތުންތެރިންގެ ސީނިއަރ އަދި ޖޫނިއަރ ސްކޮޑުތައް އިޢުލާނުކޮށްފި

ކިޔުމަށް ހޭދަވާނީ 41ސ
ދިވެހި ފެތުންތެރިންގެ ސީނިއަރ އަދި ޖޫނިއަރ ސްކޮޑުތައް އިޢުލާނުކޮށްފި

ދިވެހި ފެތުންތެރިންގެ ސީނިއަރ އަދި ޖޫނިއަރ ސްކޮޑުތައް އިޢުލާނުކޮށްފިއެވެ.

މިއީ މިއަހަރު ބާއްވާ ބައިނަލްއަޤްވާމީ ފެތުމުގެ މުބާރާތްތަކުގައި ވާދަކުރާ ދިވެހި ފެތުންތެރިންގެ ސީނިއަރ އަދި ޖޫނިއަރސްކޮޑުތަކެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ މި ސްކޮޑް އެކުލަވާލާފައިވަނީ ވޭތުވެދިޔަ އަހަރު ފެތުންތެރިންގެ ފެންވަރު ބެލުމަށް ބޭއްވި ޓްރަޔަލްތަކަށް ފަހުގައި ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ މިފަހަރުގެ ސީނިއަރ އަންހެން ޤައުމީ ސްކޮޑުގައި 19 ފެތުންތެރިން، އަދި ސީނިއަރ ފިރިހެން ކުޅުންތެރިންގެ ސްކޮޑުގައި 12 ކުޅުންތެރިން ހިމެނޭ ކަމަށެވެ. އަދި ޖޫނިއަރ އަންހެން ސްކޮޑުގައި ދެ ފެތުންތެރިން، ޖޫނިއަރފިރިހެން ފެތުންތެރިންގެ ސްކޮޑުގައި 11 ފެތުންތެރިން ހިމެނޭ ކަމަށެވެ.

 
މިއަދު އޮންލައިން