ޓީ ޓްވެންޓީ ކްރިކެޓް މުބާރާތުގެ ތިންވަނަ މެޗުންވެސް ރާއްޖެ ބަލިވެއްޖެ

ކިޔުމަށް ހޭދަވާނީ 55ސ
ޓީ ޓްވެންޓީ ކްރިކެޓް މުބާރާތުގެ ތިންވަނަ މެޗުންވެސް ރާއްޖެ ބަލިވެއްޖެ

ވެސްޓަރން ރީޖަން ޓީ ޓްވެންޓީ ކްރިކެޓް މުބާރާތުގެ ތިންވަނަ މެޗުންވެސް ރާއްޖެ ބަލިވެއްޖެއެވެ.

އޭޝިއަން ކްރިކެޓް ކައުންސިލުން އިންތިޒާމުކޮށްގެން އޮމާނުގައި ބާއްވާ މި މުބާރާތުގެ 3 ވަނަ މެޗުގައި ސައުދީ އަރަބިއްޔާ އާބައްދަލުކޮށް މިއަދު ކުޅުނު މެޗުން މެޗުން ސައުދީ މޮޅުވީ 6 ވިކެޓުންނެވެ.

މި މެޗުގެ ޓޮސް ދިމާވުމުން ރާއްޖޭގެ ޓީމު ކުޅެންއަރާ 20 އޯވަރު ހަމަވިއިރު، 7 ކުޅުންތެރިން ނުބައިވެގެން ހެދުނީ 139 ލަނޑެވެ. ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 67 ލަނޑު ހެދި ރިޝްވާން މުހައްމަދެވެ.

ޖަވާބުގައި ސައުދީ ކުޅެންއަރާ 17 ވަނަ އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން 140 ލަނޑު ވަނީ ހަދާފައެވެ.

މި މުބާރާތުގައި ރާއްޖޭގެ ޓީމު މިހާތަނަށް ކުޅުނު ތިން މެޗުންވެސް ބަލިވެފައިވާ އިރު، ފުރަތަމަ މެޗު ކުވެއިތު އަތުން ބަލިވީ 8 ވިކެޓުންނެވެ. އަދި ދެވަނަ މެޗުން ބަހްރެއިން އަތުން ބަލިވީ 2 ވިކެޓުންނެވެ.

މުބާރާތުގެ ފަހު މެޗުގައި މާދަމާ ރާއްޖެ ނުކުންނާނީ ގަތަރާ ދެކޮޅަށެވެ.

މިއަހަރުގެ މުބާރާތުގައި 5 ޤައުމު ވާދަކުރާއިރު ފައިނަލުގައި ބައްދަލުކުރާނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޤައުމެވެ.

މިއަދު އޮންލައިން