16 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް އަންނަ މާރޗު މަހު ބާއްވަން ނިންމާ، ބައިވެރިވާން ހުޅުވާލައިފިއެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ މިއަހަރުގެ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ މާރޗު މަހުގެ 7 އިން 16 ވަނަ ދުވަހަށް ކަމަށެވެ.
މިއަހަރުގެ މުބާރާތުގައި 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ޢުމުރުފުރާގައި ބައުވެރިވުމަށް ފުރުބަތު ހުޅުވާލާފައިވާކަމަށްވެސް އެ އެސޯސިއެޝަނުން ބުންޏެވެ. އަދި މީގެ ތެރެއިން 12 އަހަރުން ދަށުގެ ބައި އެއީ ހަމައެކަނި އަމިއްލަ އިވެންޓުކަމަށްވެސް ބުންޏެވެ.
އަނެއް ތިން އުމުރުފުރާގައި އަމިއްލަ އިވެންޓާއި ޓީމު އިވެންޓުގެ ކުޅުން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ޓީމު އިވެންޓުގައި ބައިވެރިވާން ބޭނުންވާ ސްކޫލްތަކުން މުބާރާތާއިބެހޭ އެންމެހާ ކަންކަމުގައި މުޢާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއްކަނޑައެޅުމަށްފަހު، އެ މީހެއްގެ ނަމާއި މަޤާމާއި އަދި ގުޅޭނެ ނަމްބަރު އެނގޭނެ ގޮތަށް އަންނަ ފެބްރުއަރީ މަހުގެ 7 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން އެ އެސޯސިއޭޝަނަށް ލިޔުމުން ހުށަހަޅަން ޖެހެއެވެ.
ފައިބެއަހަރުގެ މުބާރާތުގައި 26 ސްކޫލުން ވާދަކޮށްފައިވާ އިރު، ޓީމު އިވެންޓުގައި 19 ސްކޫލު، އަންހެން ބައިގައި 18 ޓީމު އަދި ފިރިހެން ބައިގައި 24 ޓީމު ވަނީ ވާދަކޮށްފައެވެ.