އާޖެންޓީނާގެ ފޯވަރޑް އެމިލިއާނޯ ސަލާ ދަތުރުކުރި ޕްރައިވެޓް ޖެޓް ގެއްލިއްޖެ

ކިޔުމަށް ހޭދަވާނީ 1މ 2ސ
އާޖެންޓީނާގެ ފޯވަރޑް އެމިލިއާނޯ ސަލާ ދަތުރުކުރި ޕްރައިވެޓް ޖެޓް ގެއްލިއްޖެ

އާޖެންޓީނާގެ ފޯވަރޑް އެމިލިއާނޯ ސަލާ ދަތުރު ކުރި ޕްރައިވެޓް ޖެޓް ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމިލިއާނޯ ސަލާއަކީ ކާޑިފް ސިޓީއަށް ދާދި ފަހުން ސޮއި ކޮށްފައިވާ އާޖެންޓީނާގެ ފޯވަރޑެކެވެ.

ބޭރުގެ ޚަބަރުފަތުރާ ވަޞީލަތްތައް ބުނާގޮތުގައި ނަންޓޭސް އިން އެ ޖެޓް ފުރީ ރޭ 19:15 ގައި ކަމަށާއި ބޯޓު ދަތުރުކުރަމުންދިޔައީ 5000 ފޫޓު މަތިން ކަމަށެވެ. ނަމަވެސް ސިގްނަލް ގެއްލުނު އިރު ބޯޓު ވަނީ 2300 ފޫޓަށް ތިރިވެފައި ކަމަށްވެސް ވަނީ ބުނެފައެވެ.

މި މައްސަލަ ބަލަމުންދާ ގާންސީގެ ކޯސްޓު ގާޑުން ބުނީ ފްރާންސްގެ ނަން ޓޭސް އިން ކާޑިފްއަށް ދަތުރު ކުރި ޕީއޭ 46 މަލިބޫއެއަރ ކުރާފްޓް ރޭޑާ ސިގްނަލުން ގެއްލުނު ކަމުގެ އެލަރޓް ގާންސީގެ ކޯސްޓުގާޑަށް އަންގާފައިވަނީ ރޭ ގާތްގަޑަކަށް 20:30 އެހާކަންހާ އިރުއެވެ. އަދި އެ ޖެޓުން ދަތުރު ކުރީ ދެ މީހުން ކަމަށެވެ.

އެ ޚަބަރު ލިބުނު ވަގުތުން ފެށިގެން އެ ބޯޓު ހޯދުމުގެ މަސައްކަތް ފެށިނަމަވެސް އެސަރަހައްދުގެ މޫސުން ގޯސްވެ ބޯޓު ހޯދުމަށް ހުރަސްތަކެއް ދިމާވެފައިކަމަށްވެސް ވަނީ ބުނެފައެވެ.

މިހާތަނަށް އައި އިރުވެސް ބޯޓާއިބެހޭ އެއްވެސް ޚަބަރެއްވެސް، ބޯޓުގެ ބައެއްވެސް ފެނިފައި ނުވާ ކަމަށްވެސް ގާންސީ ކޯސްޓް ގާޑުން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން