ރަޝިއާގެ އަސްކަރީ މަތިންދާ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓި 4 މީހުން މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 49ސ
ރަޝިއާގެ އަސްކަރީ މަތިންދާ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓި 4 މީހުން މަރުވެއްޖެ

ރަޝިއާގެ އަސްކަރީ މަތިންދާ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓި 4 މީހުން މަރުވެއްޖެއެވެ.

އެ ޤައުމުގެ ޑިފެންސް މިނިސްޓްރީ އާ ޙަވާލާދީ މާސްމިޑިއާގައި ބުނެފައިވަނީ މި ބޯޓަކީ ދުރުރާސްތާ މިސައިލްތަކަށް ބޮން އެޅުމުގެ ޤާބިލުކަން ލިބިފައިވާ އަސްކަރީ މަތިންދާ ބޯޓެއް ކަމަށެވެ. އަދި މަރުވެފައިވަނީ އެ ބޯޓުގެ ޕައިލެޓް، ކޯ ޕައިލެޓް އަދި ދެ ކްރޫން ކަމަށެވެ.

ރަޝިއާގެ ބްލިޒާރޑް އަވަށުގެ އެއަރޕޯޓަކަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓިފައިވަނީ Tu-22M3 މަރުކާގެ ބޯޓެކެވެ. އަދި ވެއްޓުނުތާ މާގިނަވަގުތެއްނުވެ، އެ ބޯޓުން ދަތުރުކުރި 4 މީހުން ހަސްފަތާލަށް ގެންދިޔަ ކަމަށާއި ނަމަވެސް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރު ބުނެފައިވަނީ އެ ބޯޓުގައި ގިނަ ޢަދަދަކަށް ހަތިޔާރު ހުރި ކަމަށާއި ބޯޓު ފުރުމުގެ ކުރިންވެސް ވަރަށް ރަނގަޅަށް ޓެސްޓްކޮށްފައިވާ ކަމަށެވެ.

މި ބޯޓު ވެއްޓެން މެދުވެރިވި ސަބަބު މިހާރު އަންނަނީ ހޯދަމުންނެވެ.

މިއަދު އޮންލައިން