ޓީއެފްޖީ ރަން އިން ލާމުގައި, ރައީސް ސޯލިހު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ..

ކިޔުމަށް ހޭދަވާނީ 1މ 2ސ
ޓީއެފްޖީ ރަން އިން ލާމުގައި, ރައީސް ސޯލިހު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ..

ޓޯޓަލް ފިޓްނެސް ގްރޫޕު (ޓީއެފްޖީ)އިން މި މަހުގެ 26 ވަނަ ދުވަހު ލ. އަތޮޅުގައި ބާއްވާ ރަން އިން ލާމުގެ ދުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ބައިވެރިވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

 

ރަން އިން މޯލްޑިވްސް ސިލްސިލާގައި ހިމެނައިގެން ބާއްވަމުން އަންނަ "ކޮކާ ކޯލާ ރަން އިން ލާމު"  ގައި ރައީސް ބައިވެރިވެވަޑައިގަންނަވާކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކަށަވަރުކޮށްދެއްވާފައިވީނަމަވެސް، އެމަނިކުފާނު ދުވެވަޑައިގަންނަވަނީ ކިހާ ރާސްތާއަކަށްކަމެއް ސާފުވާގޮތް އަދިވަނީ ނުވެފައެވެ.

 

ޓީއެފްޖީއިން އިންތިޒާމު ކޮށްގެން އަންނަ ހޮނިހިރު (26 ޖެނުއަރީ) ބާއްވާ މިދުވުމުގައި ފުލް މެރަތަން، ހާފު މެރަތަން، 10 ކިލޯ މީޓަރު އަދި 5 ކިލޯމީޓަރު ވަނީ ހިމަނާފައެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ދުވުމަކާއި ޢުމުރުން ދުވަސްވީ މީހުންނަށްވެސް ހަރަކާތެއް ވަނީ ރާވާފައެވެ.

 

މިދުވުމުގައި ހިމެނޭ ފުލް މެރަތަން ފަށާނީ ހޮނިހިރު ދުވަހުގެ މެންދަމު 2 ޖަހާއިރު އެވެ. އަދި ދުވުން ކުރިއަށް ދާނީ ލ. އަތޮޅުގެ ހަތަރު ރަށް ގުޅުވާ، ހަދާފައި އޮންނަ ލާމު ލިންކް ރޯޑުގައެވެ.

 

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހު ލ. އަތޮޅަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުއެވެ.

މިއަދު އޮންލައިން