އިންޑިއާއިން ކަލަމްސަތް މައިކްރޯސެޓް އާރް ސެޓެލައިޓެއް ލޯންޗުކޮށްފިއެވެ.
ސަތިޝް ދަވަން ސްޕޭސް ސެންޓަރ (SDSC) އިން މި ސެޓްލައިޓް ލޯންޗުކޮށްފައިވަނީ ބޭ އޮފް ބެންގާލްގެ އަންދްރަ ޕްރަދޭޝްގައި މިދިޔަ ބްރާސްފަތި ދުވަހުއެވެ.
އިންޑިއާގެ ޕޯލަރ ސެޓެލައިޓް ލައުންޗް ވެހިކަލްގެ (PSLV-C44) ސެޓްލައިޓް ފަރުމާކޮށްފައިވަނީ މައިކްރޯސެޓް އާރް އަދި ކަލަމްސަތު ވީ2 އިންނެވެ.
މި ސެޓްލައިޓް ލޯންޗުކުރުމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މަރުޙަބާ ވިދާޅުވެފައެވެ.