އެތައް ބައަކު ވެގެން, ނިވައިކަން ކުޑަ ހެދުން ލައިގެން ހުރި އަންހެން ކުއްޖަކު ރޭޕްކޮށް ރަހިމް ވެސް ނަގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އެތައް ބައަކު ވެގެން, ނިވައިކަން ކުޑަ ހެދުން ލައިގެން ހުރި އަންހެން ކުއްޖަކު ރޭޕްކޮށް ރަހިމް ވެސް ނަގައިފި

ޖީނާއަކީ ޔުނިވަރސިޓީގައި ކިޔަވަމުންދާ އުމުރުން 20 ވަރަކަށް އަހަރުގެ ދަރިވަރެކެވެ. އާދައާ ޚިލާފަށް ރީތިވެސް ކުއްޖެކެވެ. ގިނަ ބައަކު އޭނާއަށް ސަމާލުކަން ދީ ކެއުމާއި ސައި ދީ ހަދާތީ ޖީނާއަށް ވަނީ ކުޑަކޮށް އޭނާ އޮޅިފައެވެ. ނަތީޖާ އަކަށްވީ ގެއިން ބޭރަށް ގޮސް އުޅުމުގައި އާދައާ ޚިލާފަށް ބަރަހަނާކަން ބޮޑު ނުވަތަ ނިވައިކަން ބޮޑު ހެދުން ލާން ފެށުމެވެ. 

އާދިއްތަ ދުވަހެކެވެ. މެންދުރު ކެއުމަކަށް ދިއުމަށް ނުކުމެ ބަހަކަށް އެރިއެވެ. އެރުނީ ނުބައި ބަހަކަށްކަން އެނގުނީ އެތައް ހިސާބަކަށް ދުއްވި ފަހުންނެވެ. އެހެންކަމުން ފުރަތަމަ ސްޓޮޕަށް މަޑުކުރުމާއިއެކު ބަހުން ފޭބިއެވެ. ފަހަތުން އެތައް ބައަކުވެސް ފޭބިއެވެ. 

ފޭބިމީހުންގެ ތެރޭގައި ހިމެނުނު ބައަކު ޖީނާ އަތުލައިގަތެވެ. އަދި ކާރަކަށް އަރުވައިގެން ގެންގޮސް ގަދަކަމުން އޭނާ އާއި ޖިންސީ ގުޅުން ހިންގިއެވެ. ރިޕޯޓްތައް ބުނާ ގޮތުން 8 ފިރިހެނުން އެނާ އާއި ގުޅުން ހިންގިއެވެ. އަދި އެވަރުން ފުއްދައިލީއެއްވެސް ނޫނެވެ. ހަތިޔާރެއް ބޭނުންކޮށްގެން އޭނާގެ ރަހިމަށް ވެސް ގެއްލުން ދިނީއެވެ. އެއަށްފަހު ބަރަހަނާ ހާލު މަގުމައްޗަށް އެއްލައިލުމަށްފަހު ފިލީއެވެ. 

އެ ރީތި ޖީނާ އެ ހާލުގައި މަގުމަތީގައި އޮތް އިރު އެއްވެސް މީހަކު އަޅައެއް ނުލައެވެ. ފުލުހުންނަށް ފެނިގެން ނަގަން ދެން އޮންނަން ޖެހުނީ ފައިބަމުން ދިއަ ލޭތަކާއިވެސް އެކުގައެވެ. 

މިއީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޑިމޮކްރަސީ އާއި ތަހުޒީބުގެ ގޮތުން އެންމެ ކުރިއަރާފައިވާ އިނިގިރޭސިވިލާތުގައި ހިނގާފައިވާ ހާދިސާއެކެވެ. 

އަންހެނަކު ވަކި ގޮތަކަށް ހެދުން އެޅުމަކީ އޭނާގެ އިއްފަތްތެރިކަމަށް އަރައިގަންނަން ޖެހޭ ސަބަބެއް ނޫނެވެ. ނަމަވެސް ފިރިހެނުންގެ ޝައުޤްވެރިކަން އިތުރުވާނެ ގޮތަށް ނިވައިކަން ކުޑަ ހެދުން ލައި އުޅޭ އަންހެނުންނަށް މިފަދަ މުޞީބާތްތައް ކުރިމަތިވުން ގިނަކަން ފާހަގަކުރެވެއެވެ. ކިތަންމެ ވަރަކަށް ނިވައިވެގެން ހުރި ނަމަވެސް އަނިޔާއެއް ލިބިދާނެއެވެ. ނަމަވެސް ނިވައިވެގެން ތިބުމަކީ ފިރިހެނުންގެ ސަމާލުކަން ކުޑަވެ މިފަދަ އަނިޔާވެރި އަމަލުތަކުން ސަލާމަތްވުމަށް މަގުފަހިވާ ކަމެއްކަން ދަނީ ސާބިތުވަމުންނެވެ.

މިއަދު އޮންލައިން