ސައުތް އޭޝިއާ ހޯޕް ޓީޓީ އިވެންޓުގެ ޖޫނިއަރ ކެޓަގަރީން ރާއްޖެއަށް ރަން މެޑެލް..

ކިޔުމަށް ހޭދަވާނީ 40ސ
ސައުތް އޭޝިއާ ހޯޕް ޓީޓީ އިވެންޓުގެ ޖޫނިއަރ ކެޓަގަރީން ރާއްޖެއަށް ރަން މެޑެލް..

ސައުތް އޭޝިއާ ހޯޕް ޓީޓީ އިވެންޓުގެ ޖޫނިއަރ ކެޓަގަރީން ރާއްޖެއަށް ރަން މެޑެލް ލިބިއްޖެއެވެ.

މި ޖެނުއަރީ މަހުގެ 22ން 27އަށް އިންޑިއާގެ ހަރިޔާނާގައި ކުރިއަށްދިޔަ މި އިވެންޓުގެ އަންހެންކުދިންގެ ކެޓަގަރީން ރާއްޖެއަށް ރަންމެޑެލް ހޯދައިދިނީ ފާތުމަތު ދީމާ ޢަލީ އެވެ.

ދީމާ މި އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

މިއީ އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނުން ސަރަޙައްދުގެ ޤައުމުތަކުގެ 12 އަހަރުންދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކޮންމެއަހަރަކުވެސް ބާއްވަމުން އަންނަ އިވެންޓެކެވެ.

މިއީ ޓީޓީގައި ދިވެހިރާއްޖެއަށް މިހާތަނަށް ލިބުނު ފުރަތަމަ ގޯލްޑް މެޑެލްއެވެ.

މި ޓީމު އެނބުރު ރާއްޖެއައުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:25ގައި ގޯ އެއަރ އިންނެވެ.

 

މިއަދު އޮންލައިން