މެސީ ޓީސީއަށް ސޮއިކޮށްފި

ކިޔުމަށް ހޭދަވާނީ 1މ
މެސީ ޓީސީއަށް ސޮއިކޮށްފި

ރާއްޖޭގެ ތަޖުރިބާކާރު މިޑްފީލްޑަރ އިސްމާޢިލް ޢީސަ (މެސީ) ޓީސީ ސްޕޯޓްސް ކުލަބަށް ސޮއިކޮށްފިއެވެ.

މާޒިޔާ ސްޕޯޓްސް ކްލަބު އެންޑް ރެކްރިއޭޝަނަށް ކުޅުނު ތަޖުރިބާކާރު މިޑްފީލްޑަރ އިސްމާއީލް އީސަ (މެސީ) ޓީސީ ސްޕޯޓްސް ކުލަބަށް ސޮއިކޮށްފިއެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ޓީސީ އިންވަނީ ބޮޑު ކާމިޔާބީތަކެއް ހޯދާފައެވެ. އަދި އެއީ އެންމެފަހުގެ ލީގު ޗެމްޕިއަންވެސްމެއެވެ.

މީގެ އިތުރުން އެޓީމުން ވަނީ ބަންގާޅުގައި ބޭއްވި ބަންގަބަންދު ގޯލްޑް ކަޕް ކާމިޔާބުކޮށް، މިހާތަނަށް ރާއްޖޭގެ ކުލަބަކުން ބައިނަލްއަޤްވާމީ ފުރަތަމަ ތަށި ހޯދާފައެވެ.

ފާއިތުވި ދެ ސީޒަނުގައި މާޒިޔާގައި މޮޅު ކުޅުމެއްދައްކާ ރާއްޖޭގެ ޤައުމީ ޓީމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައިވާ މެސީ ވަނީ ވިކްޓްރީ އާއި އީގަލްސްއަށްވެސް ކުޅެފައެވެ.

މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް އެޓީމާއި އާ ކުޅުންތެރިންތަކެއް ގުޅޭނެކަމުގެ އަޑު ފެތުރިފައިވާ އިރު، ފާއިތުވި 5 އަހަރު އެޓީމަށް އިރުޝާދުދީ އެޓީމުގެ ކާމިޔާބީގެ މޭސްތިރިކަމަށްވާ މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ އެ ކުލަބު ދޫކޮށްލާފައެވެ. 

މިއަދު އޮންލައިން