ސަލާ ދަތުރުކުރި ބޯޓުގެ ޕައިލެޓްގެ ލައިސަންސާ ގުޅޭ ތަޙުޤީޤެއް އޭއޭއައިބީ އިން ކުރަން ނިންމައިފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
ސަލާ ދަތުރުކުރި ބޯޓުގެ ޕައިލެޓްގެ ލައިސަންސާ ގުޅޭ ތަޙުޤީޤެއް އޭއޭއައިބީ އިން ކުރަން ނިންމައިފި

 

އާޖެންޓީނާގެ ފޯވަރޑް ސަލާ ދަތުރުކުރި ބޯޓުގެ ޕައިލެޓްގެ ލައިސަންސާ ގުޅޭ ތަޙުޤީޤެއް ބްރިޓިއަން އެއަރ އެކްސިޑެންޓްސްއިންވެސްޓިގޭޝަން (އޭއޭއައިބީ) އިން ކުރަން ނިންމައިފިއެވެ.

އޭއޭއައިބީ އިން ވަނީ ސަލާ ގޮވައިގެން ދަތުރުކުރި ބޯޓުގެ ޕައިލެޓް އައިބޮޓްސް އަތުގައި އޮތް ފުށުއަރާ ކަންތައްތަކެއް ހުރި ކަމަށެވެ.

އެހެންނަމަވެސް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރަމުން ދަނީ އައިބަޓްސަން އަތުގައި އޮންނަނީ ސައްޙަ ލައިސަންސެއް ކަމަށެވެ.

އޭވިއޭޝަނުގެ ތަޖުރިބާކާރަކު ބުނީ ފިނި މޫސުމުގެ ދުވަސްވަރު ރޭގަނޑު ވަގުތުގައި ގޯންސީ ޗެނަލް އައިލެންޑު ސަރަހައްދުން އެއްއިންޖީނުލީ އުޅަނދެއްގައި ދަތުރުކުރުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ކާޑިފް ސިޓީގެ އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ ދަތުރުކުރަމުން ދިޔަ ޕްރައިވެޓް ޖެޓް ވީނުވީއެއް ނޭނގި މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެންނެވެ. އަދި އެ ރެއިން ފެށިގެން ގޯންސީ ޕޮލިހާއި ފްރާންސް އަދި އިންގްލެންޑުގެ ސިފައިން ވަނީ ސަލާ އާއި ޕައިލެޓް ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ނަމަވެސް މިއަދާއިހަމައަށްވެސް އެމީހުން އަދި ބޯޓުވެސް ފެނިފައިނުވާތީ ފުލުހުން މިހާރުވަނީ އެ މަސައްކަތް ހުއްޓާލާފައެވެ. އެކަމަކު ސަލާގެ ޢާއިލާއިން ހުޅުވި ފަންޑެއްގެ އެހީގައި ޢާއިލާގެ ފަރާތުން އެމަސައްކަތް އަލުން ވަނީ ފަށާފައެވެ.

މިއަދު އޮންލައިން