މައްކާގެ އެތެރޭގެ ދަތުރުތައް ފަސޭހަކުރުމަށްޓަކައި އިތުރު ބަސް ރޫޓެއް ހަދަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
މައްކާގެ އެތެރޭގެ ދަތުރުތައް ފަސޭހަކުރުމަށްޓަކައި އިތުރު ބަސް ރޫޓެއް ހަދަނީ

މައްކާގެ އެތެރޭގެ ދަތުރުތައް ފަސޭހަކުރުމަށްޓަކައި އިތުރު ބަސް ރޫޓެއް ހެދުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައިވާ ގޮތުން މަޝްރޫޢަށް ސައުދީ ސަރުކާރުން 87 މިލިއަން ޑޮލަރު ޚަރަދުކުރާނެއެވެ. 18 މަސް ދުވަހުން މަސައްކަތް ނިންމަންޖެހޭއިރު މި ބަސް ރޫޓުގެ ސަބަބުން އަވަށްޓެރި އަވަށް ތަކަށްވެސް ފަސޭހަކަމާއިއެކު ދަތުރުކުރެވޭނެއެވެ. މީގެ އިތުރުން މައްކާގެ މުހިންމު ބައެއް މިސްކިތްތަކަށާއި ހޮޓާތަކަށްވެސް ދަތުރުކުރެވޭނެއެވެ.

މައްކާގައި ޤާއިމުކުރެވޭ މި ބަސްރޫޓުގެ ސަބަބުން މިހާރު ކުރިމަތިވެފައިވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަތަކަށް ވަރަށް ބޮޑު ލުއިކަމެއް ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.

މިއަދު އޮންލައިން