ޔަހޫދީން މުސްލިމުންގެ ބިންތަކުގައި ވަޒަންވެރި ކުރުވަނީ މުސްލިމުން މަރާނެ ހަތިޔާރުވެސް ދީފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ޔަހޫދީން މުސްލިމުންގެ ބިންތަކުގައި ވަޒަންވެރި ކުރުވަނީ މުސްލިމުން މަރާނެ ހަތިޔާރުވެސް ދީފަ!

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުން، މުސްލިމުންގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަނީ މުސްލިމުން ޝަހީދުކުރާނެ ހަތިޔާރުވެސް އެމީހުންގެ އަތަށް ދިނުމަށްފަހުގައެވެ. ހަތިޔާރުގެ ބޭނުން ހިފައި ޔަހޫދީ "ސެޓްލަރުން" ގެންދަނީ މުސްލިމުން ޝަހީދުކުރަމުންނެވެ.

ޔަހޫދީ ސިފައިންގެ އިތުރުން ޢާންމު ރައްޔިތުން މުސްލިމުން ޝަހީދުކުރަން ފެށުމުން ވެސް އިސްލާމީ ދައުލަތްތައް އޮތީ ބަސް ހުއްޓިފައެވެ. ފިޔަވަޅެއް އަޅަން ނުކުރޭއިރު ބަހެއްވެސް ބުނުމަށް މުސްލިމް ޤައުމުތައް ވަނީ ނުކުޅެދިފައެވެ.

ޔަހޫދީ ޢާނުމު ރައްޔިތަކު ހޮނިހިރު ދުވަހު ބަޑިޖަހައި ފަލަސްޠީނުގެ ރައްޔިތެއް ކަމަށްވާ އުމުރުން 38 އަހަރުގެ ޙަމްދީ ނާސަން ޝަހީދުކޮށްލުމާއި ގުޅިގެން އިތުރު ނުތަނަވސްކަން ވަނީ އުފެދިފައެވެ. މުޒާހަރާތަކާއި ކަންބޮޑުވުން ފައުޅުކުރުން ވަނީ އިތުރުކޮށްފައެވެ.

 

މިއަދު އޮންލައިން